ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓްއަރިޒަމް އޮގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) އިން ބޭއްވި ފަތުރުވެރިކަމުގެ ވީޑިއޯ މުބާރާތުގެ އޭޝިއާ ސަރަހައްދުން އެއްވަނަ ރާއްޖެ ހޯދައިފި އެވެ.

ފަތުރުވެރިކަމުގެ ވީޑިއޯ މުބާރާތުން ވަނަތަކަށް ދިޔަ ފަރާތްތަށް އިއުލާނުކޮށްފައި ވަނީ މިމަހުގެ 12 އިން 17 އަށް، ކޮލަމްބިޔާގައި ކުރިއަށް ދިޔަ ޔޫއެންޑަބްލިއުޓީއޯގެ ޖެނެރަލް އެސެމްބްލީގަ އެވެ. ރާއްޖޭގެ ފަރާތުންވެސް ވަނީ އެ އެސެމްބްލީގައި ބައިވެރިވެފަ އެވެ.

ރާއްޖެއިން އެއްވަނަ ހޯދި ވީޑިއޯއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހަދާފައިވާ ޕްރޮމޯޝަނަލް ވީޑިއޯ އެކެވެ. "ސަނީ ސައިޑް އޮފް ލައިފް ޓުދަ ގްލޯބަލް އޯޑިއެންސް" ގެ ނަމުގައި ތައްޔާރުކޮށްފައިވާ އެ ވީޑިއޯއިން ދައްކުވައިދެނީ ރާއްޖޭގެ ސަގާފަތާއި ރީތި ހިތްގައމު ގޮނޑުދޮއްތަކާއި ރީތި މޫދެވެ.

ޔޫއެންޑަބްލިއުޓީއޯގެ 21 ވަނަ ޖެނެރަލް އެސެމްބްލީއާ ދިމާކޯށް ބޭއްވި އެ މުބާރާތުގެ ބޭނުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލުތަށް ހިތްގައިމުކޮށް މީހުންނަށް ދައްކާލުން ކަމަށް އެ އޮގަނައިޒޭޝަނުން ވަނީ ބުނެފަ އެވެ.