ސްރީލަންކާ ކޮމާޝައަލް ބޭންކުގެ ގޮތްޕެއް ރާޖޭގައި ހުޅުމުވުމަށް ރާއްޖެ ކުންފުންޏަކާ ހިއްސާވެގެން މަސައްކަތްތައް ފަށާފައިވާ ކަމަށް އެ ބޭނުންކުން ބުނެފި އެވެ.

ލަންކާ ބިސްނަސް އޮންލައިން ނޫހުގައި ބުނެފައި ވަނީ ރާއްޖޭގައި ހުޅުވާ ކޮމާޝައަލް ބޭންކުގެ ގޮފީގެ 55 ޕަސެންޓް ހިއްސާ ވަނީ އެކުންފުނި ކަމަށާއި އަނެއް 45 ޕަސެންޓް ހިއްސާވާނީ އެމީހުންނާ ބައިވެރިވާ ދިވެހި ކުންފުނި ކަމަށެވެ. ނަމަވެސް އެކަމުގައި ބައިވެރިވާ ދިވެހި ކުންފުނީގެ ނަމެއް ހާމަކޮށްފަ އެއް ނުވެ އެވެ.

އަލަށް ހުޅުވާ އެ ބްރާޗުން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައި ސޭވިންގެ އަދި ކަރަންޓު އަކައުންޓުގެ ހިދުމަތާއި ޕާސަނަލް ލޯނުގެ އިތުރުން ގެދޮރު އިމާރާތް ކުރުމަށް ވެސް ލޯނު ދޫކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ކްރެޑިޓް ކާޑުގެ ހިދުމަތާއި އިންޓަނެޓް ބޭންކިންގް އަދި މޮބައިލް ބޭންކިންގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް ސިލޯނު ކޮމާޝައަލް ބޭންކުން ބުނެ އެވެ.

ސިލޯނުގެ ކޮމާޝިއަލް ބޭންކުގެ ގޮތްޕެއް ހުޅުވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އިގްތިސާދީ ގޮތުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކޮށް ގުޅުން ބަދަހި ކުރުން ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

އެ ބޭންކުގެ ރާއްޖޭގެ ފުރަތަމަ ބްރާންޗް ހުޅުވަން ނިންމާފައި ވަނީ މާލޭގަ އެވެ.

އެ ބޭންކުން ބުނީ ރާއްޖޭގައި އެ ގޮފި ހުޅުވުމުގެ ހުއްދަ ސެންޓްރަލް ބޭންކް، އެމްއެމްއޭ އިން ދީފައިވާ ކަމަށެވެ.