18 Sep 2015, 11:39
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
އެ މަނިކުފާނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދުބާއީ މަގުން ޖިއްދާ އަށް ވަޑައިގަތުމަށް މިއަދު ހެނދުނު 11 ޖެހި އިރު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާވަޑައިގަތީ އެމިރޭޓްސް އެއާލައިންގެ ބޯޓެއްގަ އެވެ.
އެ މަނިކުފާނުގެ އަރިއަހުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ވަނީ ހައްޖުގެ އަޅުކަމަށް ވަޑައިގެންފަ އެވެ.
ހައްޖުގެ އަޅުކަމުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި، ލޯންޗަށް އަރައިވަޑައިގަތުމަށް އަނބިކަނބަލުންނަށް އެހީތެރިވެވަޑައިގަންނަވަނީ -- ސަންފޮޓޯ/ އަލީ ނަސީރު
ސެޕްޓެމްބަރު 18، 2015، 1436 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މާލެއިން ފުރާވަޑައިގަންނަވަނީ -- ސަންފޮޓޯ/ އަލީ ނަސީރު
ސެޕްޓެމްބަރު 18، 2015، 1436 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މާލެއިން ފުރާވަޑައިގަންނަވާ އިރު ނާެއިބު ރައީސް އަލްވަދާއު ވިދާޅުވަނީ -- ސަންފޮޓޯ/ އަލީ ނަސީރު
ރައީސް ޔާމީންގެ އިސްތިގުބާލުގައި އެއާޕޯޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ހިމެނި ވަޑައިންނަވަ އެވެ.