21 Mar 2011, 13:29
"ފިލިޕްސް ސްކްރެޗް އެންޑް ވިން"ގެ ނަމުގައި އެސްޓީއޯ އިން އާ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ އިން ރޭ ފެށި ޕްރޮމޯޝަނަކީ އެސްޓީއޯ ޕީޕަލް ޗޮއިސް އާއި އެސްޓީއޯ އިލެކްޓްރޯނިކްސް އާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުން ވިއްކާ ފިލިޕްސް ބްރޭންޑް ބަދިގޭ ސާމާނާއި ގްރޫމިން ޕްރޮޑަކްޓް އަދި އިލެކްޓްރޯނިކް ސާމާނު ގަތުމުން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ.
އެ ޕްރޮމޯޝަންގައި ފިލިޕްސް ބްރޭންޑް ބަދިގޭ ސާމާނާއި ގްރޫމިން ޕްރޮޑަކްޓް ގަނެގެން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ސްކްރެޗް ކާޑެއް ލިބެ އެވެ. އަދި އެކާޑުގައިވާ ޕެނަލްއެއް ކަހާލައިގެން އޭގައިވާ ތިން އިނާމް ދިމާވެއްޖެ ނަމަ އެ އިނާމެއް ލިބެ އެވެ.
މީގެއިތުރުން އެ ޕްރޮމޯޝަންގެ ތެރޭގައި ކުރިއަށްދާ ސްކްރެޗް އެންޑް ވިން ކާނިވަލްގައި އެސްޓީއޯ އިން ވިއްކާ ފިލިޕްސް ބްރޭންޑްގެ އިލެކްޓްރޯނިންކް ސާމާނު ގަނެގެން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ ލަކީ ޑްރޯއެއްގައި ބައިވެރިވެވެ އެވެ. ލަކީ ޑްރޯގައި ބައިވެރިވެގެން އަގު ބޮޑެތި އިނާމްތައް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
މި ކާނިވަލްގައި "ބައި ވަން ގެޓް ވަން ފްރީ"ގެ ގޮތުގައި ތަފާތު އިލެކްޓްރޯނިކް ސާމާނު ގަންނަން ލިބޭނެ އެވެ. އެގޮތުން 42 އިންޗީގެ ޓީވީއެއް ގަތުމުން ހޯމް ތިއޭޓާ ސިސްޓަމެއް ހިލޭ ލިބެ އެވެ.