17 Sep 2015, 23:10
ތާޖު ކޮރަލް ރީފް ރިސޯޓުން ފުރައިންގެ މާލެ ދަތުރުކުރި ދޯންޏެއް ފަރަކަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ "ނޫމަސް" ނަމަކަށް ކިޔާ ދޯންޏެއް ވާދޫ އައިލެންޑް ރިސޯޓުގެ ފަރަށް އަރުމުން ދޯނީގެ ބަނޑުފިލާ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ވަރަށް ބޮޑަށް ދިޔަވެފައިވާ ކަމަށާއި އެ ހާދިސާ ހިނގި އިރު ދޯނީގައި ހަތަރު މީހުން ތިބި ކަމަށާއި އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ތާޖު ކޮރަލް ރީފުގެ އެ ދޯނި ފަރަށް އެރުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިވުމުގެ މަސައްކަތުގައި ސިފައިން ވަނީ ބައިވެރިވާން ފަށާފަ އެވެ. ފަރަށް އެރި ނޫމަސް ދޯންޏަކީ 45 ފޫޓްގެ ދޯންޏެވެ.