17 Sep 2015, 21:05
ފައިނަލްގައި ސޮނޭވާފުށި މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައި އިންޓަ ރިޒޯޓް ވޯލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން އަނަންތަރަ ކިހާވަށް ވިލާއިން ހޯދައިފިއެވެ.
ސޮނެވާ ފުށީ ރިޒޯޓްގައި ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ސެޓް ވާދަވެރިކޮށް ދިޔައިރު އަނަންތަރަ ކިހާވަށް ވިލާއިން ސެޓް ކާމިޔާބު ކުރީ 29-27 ންނެނެވެ.
ދެވަނަ ސެޓް 25-18 އިން ކާމިޔާބު ކުރިއިރު ތިންވަނަ ސެޓްވެސް ދިޔައީ ވަރަށް ފޯރިގަދަ ކޮށެވެ. އެސެޓް ކާމިޔާބު 25-22 ންނެވެ.
އެ ޒޯންގެ ޗެމްޕިއަންކަން އަނަންތަރަ ކިހާވަށް ވިލާއިން ހޯދުމާއެކު އެޓީމް ވަނީ އިންޓަ ރިޒޯޓް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ.
މިއީ އަނަންތަރަ ކިހާވަށް ވިލާއިން މިޒޯންގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އެތީމުން މުބާރާތް ކާޟިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީވެސް އަނަންތަރަ ކިހާވަށް ޓީމްގެ ކޯޗް މުޙައްމަދު ޝަރަފެވެ.
މުބާރަތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި އަނަންތަރަ ކިހާވަށް ވިލާގެ ޓީމުން ހޮވިފައިވަނީ އެޓީމްގެ އަޙްމަދު ޙުސައިންއާއި ޝިރުހާން ޢަބްދުއްސައްތާރާއި ޙުސައިން ޢަލީއެވެ.
ސޮނެވާ ފުށި ޓީމުން ހޮވުނީ ޑޮން ސްމީދާ ޗަމްޕިކާއާއި ޢަލީ ވިސާމްއެވެ. ދެން ހިމެނެނީ އަމިއްލަ ފުށި ރިޒޯޓްގެ ޓީމުން ފާހަގަ ކުރެވުނު ޖަވާމް ޢަލީއެވެ.