17 Sep 2015, 18:40
އައިލެންޑް އޭވިއޭޝަނުން ތައިލެންޑްގެ 100 އަށް ވުރެ ގިނަ އިންވެސްޓަރުން މާދަމާ ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
'ސަން' އާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ މޯލްޑިވިއަންގެ ޚާއްސަ ޗާޓަރު ފްލައިޓްގައި އަންނަ މީހުންގެ ތެރޭގައި އެކި ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާއި ޓްރެވެލްއެޖެންޓުން ހިމެނޭ ކަމަށެވެ.
"ދިވެހިން ވަރަށް ގިނައިން ތައިލެންޑަށް ދިޔަސް ތައިލޭންޑުން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ވަރަށް މަދު. މިދަތުރުގެ ބޭނުމަކީ އެ މީހުންނަށް ރާއްޖެ ތައާރަފްކޮށްދިނުން،" ނަޝާތު ވިދާޅުވި އެވެ.
އެ ދަތުރުރޭވުމުގައި ބެންކޮކުގައި ހުންނަ އެ މޯލްޑިވިއަންގެ އެޖެންޓް އެހީތެރިވެދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.