17 Sep 2015, 18:21
އއ. މަތިވެރީގައި ޔޫތް ސެންޓަރަކާއި ފުޓުސަލް ދަނޑެއް ހުޅުވައިފިއެވެ.
ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު ސެންޓަރާއި ފުޓުސަލް ދަނޑު ހުޅުއްވައިދެއްވީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު އެވެ.
މަތިވެރީގައި ރޭ ހުޅުވި ޔޫތު ސެންޓަރަކީ އެރަށު ޖަމްއިއްޔާއެއް ކަމުގައިވާ ޔުނިއަން ސްޕޯޓްސް ކުލަބުން ގާއިމްކޮށްފައިވާ ތަނެކެވެ. އެތަނަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ވަސީލަތްތައް ގާއިމްކޮށްފައިވާ ތަނެއް ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
ޔޫތު ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ޑެޕިއުޓީ މިނިސްޓަރު މުހުސިން ވަނީ އެތަނުގައި ބިލިއާޑު ކުޅުއްވައިފައެވެ.
މަތިވެރީގައި ރޭ ފުޓުސަލް ދަނޑު ހުޅުއްވައިދެއްވުމަށްފަހު ޑެޕިއުޓީ މިނިސްޓަރު މުހުސިން ދެއްކެވި ވާހަކަފުޅުގައި އެ ދަނޑު ގާއިމްކުރުމަށ ްއެރަށު ޔުނިއަން ސްޕޯޓްސް ކުލަބުން ކުރި މަސައްކަތް ފާހަގަކޮށް އެ ޖަމްއިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.
މުހުސިން ވިދާޅުވީ، މަތިވެރިއަކީ ކުޑަ އާބާދީއަކަށް ބަލާއިރު ކުޅިވަރުގެ އިންފުރާސްޓްރަކްޗަރ ބާރު ސްޕީޑެއްގައި ކުރިއަށްދާ ރަށެއް ކަމަށެވެ.
ޔޫތު ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ޑެޕިއުޓީ މިނިސްޓަރު މުހުސިން ބިލިއާޑު ކުޅުއްވަނީ --- ފޮޓޯ: ޔޫތު މިނިސްޓްރީ
ފުޓުސަން ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާހު އިސްމާއިލް ވިދާޅުވީ، އެ ދަނޑަކީ ރާއްޖޭގައި ގާއިމްކޮށްފައިވާ ދަނޑު ތަކުގެ ތެރެއިން ހިއްގައިމު ދަނޑެއްކަމަށެވެ.
ޝާހު ވިދާޅުވީ ފުޓުބޯޅަޔަކީ ކުޅިވަރެއްގެ ގޮތުގައި އެކަނި ދެކިގެން ނުވާނެކަމަށާއި، ފުޓުބޯޅައިގެ ސަބަބުން މީހާގެ އަޚުލާގާއި ސުލޫކު ރިވެތި ގޮތުގައި ބައްޓަން ކުރުމަށް ފުރުސަތުތަކެއް ލިބިގެންދާކަމަށެވެ.
ފުޓުސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި މަތިވެރީ ޔޫނިއަން ސްޕޯޓްސް ކުލަބުގެ އިސްވެރިންނާއި، ކައުންސިލުގެ އިސްބޭފުޅުން ބައިވެރިވެފައިވެއެވެ.