އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގައި ރާއްޖޭގެ ޓީމުން އިންޖަރީގެ މައްސަލަ ހުރި ހަމައެކަނި ކުޅުންތެރިޔާ ސަމްވީލު ގާސިމް (ބޮންޑާ) އަށް މިރޭ ކެމްބޯޑިއާ އާއި ދެކޮޅަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ޓީމުގެ މެޑިކަލް ޑޮކްޓަރ އަޙްމަދު ޝަކީބު ދީފި އެވެ.
ޝަކީބު ބުނީ މީގެ ދެތިން ދުވަސް ކުރިން ޕްރެކްޓިހުގައި އަނިޔާވި ބޮންޑާގެ ކަށީގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. "މިއަދު ހެނދުނުގެ ސަޔަށްފަހު އިތުރު ޓެސްޓެއް ހަދާނަން. އަހަރެންނަށް ވަރަށް ޔަގީންކަން އެބައޮތް ކޯޗު ބޭނުންނަމަ ފުރަތަމަ 11 ގައި އޭނާ ނެރެވޭ ވަރަށް ހުރިހާ ކަމެއް ވެސް ރަނގަޅަށް ހުންނާނެ ކަމުގެ." ޝަކީބު ބުންޏެވެ.
މީގެ 4 ވަރަކަށް ދުވަސް ކުރިން ޕްރެކްޓިހުގައި އަނިޔާވީ ބޮންޑާގެ މެއަށެވެ. އެއާ ގުޅިގެން ދެ ދުވަހަކު ޕްރެކްޓިހުގައި ބައިވެރިނުވެ ހުރުމަށްފަހު ދެ ދުވަސްކުރިން އޭނާ ވަނީ ޕްރެކްޓިހުގައި ބައިވެރިވާން ފަށާފަ އެވެ. އަދި ރޭ އޮތް ޓީމުގެ އެންމެ ފަހު ޕްރެކްޓިހުގައި އޭނާ ވަނީ ފުލްކޮށް ބައިވެރިވެފަ އެވެ.
މިރޭ 9 ޖަހާއިރު ރާއްޖެ ނުކުންނާނީ ގްރޫޕްގެ އެންމެ ބަލި ޓީމު ކަމަށް ބެލެވޭ ކެމްބޯޑިއާ އާއި ދެކޮޅަށެވެ.