17 Sep 2015, 16:00
ކ. ކާށިދޫ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ފެރީ ވައިފައިކޮށްފި އެވެ.
ދިރާގާ ގުޅިގެން އެ ފެރީ ވައިފައިކޮށްފައިވަނީ ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ފައިސަލް ނަސީމުގެ އިސްނެގުމަކަށެވެ.
ކާށިދޫ އާއި މާލެއާ ދެމެދުގެ ދަތުރަށް ފަސް ގަޑިއިރު ހޭދަވާއިރު ދަތުރުމަތީގައި އެ ފެރީން ހިލޭ ވައިފައި ލިބޭނެއެވެ.
ދިރާގުގެ މެނޭޖަރު މާކެޓިިން ކޮމިއުނިކޭޝަން އެންޑް ޕީއާރު މުޙައްމަދު މިރުޝާން ހަސަން ވިދާޅުވީ، އެ ފެރީ ވައިފައިކޮށްފައިވަނީ ދިރާގާއި ގުޅިގެން ކަމަށާއި އެ ކޮންސެޕްޓަކީ ފައިސަލް ނަސީމުގެ ކޮންސެޕްޓެއް ކަމަށެވެ.
"ރާއްޖޭގައި އަލަށް ކުރެވޭ މިކަހަލަ ތަފާތު ކަންކަމުގައި ދިރާގުން އެއްބާރުލުން ދޭނެ،" މިރުޝާން ވިދާޅުވިއެވެ.