17 Sep 2015, 11:27
ހުޅުހުޅުގައި ރިއްސާތީ ބޭސް ބޭނުން ކުރުމަށްވުރެ އެކަމުން ސަލާމަތްވާނެ ރަނގަޅު ގޮތް ގޮތް އެބަހުއްޓެވެ. ބައެއް ކަހަލަ ކާނާ ބޭނުން ކުރުން މަދުކޮށްލާށެވެ. ނުވަތަ މާގަދައަށް ހުޅުހުޅުގައި ރިއްސާ ނަމަ ބައެއް ކާއެއްޗިހި ބޭނުން ކުރުން ހުއްޓާލާށެވެ.
ހާއްސަ ޑައިޓެއް އިހުތިޔާރު ކުރާށެވެ. ހިކޭ ޑައިޓެއް ނޫނެވެ. ހުޅުހުޅުގައި ރިއްސުމަށް ހާއްސަ ޑައިޓެކެވެ. ފަހަރުގައި އެޑައިޓުގެ ސަބަބުން ދުވަހުގެ ބޮޑުބައެއް މޫޑީވެދާނެ އެވެ. އެހެންނަމަވެސް ކެއްކޮށްލާށެވެ. ހުޅުހުޅުގައި ރިހުން ހައްލުވާނެ އެވެ. އެ ޑައިޓުގައި ތައްޔާރީ ކާނާ އަދި ފްރައިޑް ފުޑްސްގެ އިތުރުން ކިރު ބޭނުން ކުރުން ވެސް ހުއްޓާލާށެވެ.
ހުޅުހުޅުގައި ރިއްސުމަށް ހާއްސަ ޑައިޓުގައި ނުކާންވީ ބައެއް ކާނާ
- ނައިޓް ޝޭޑް ވެޖީސް

އަލުވި ބަށި ޓޮމާޓޯ ބެލްޕެޕާ އަދި މިރުސްވެސް ބޭނުން ނުކުރާށެވެ. އެއީ ނައިޓްޝޭޑް ވެޖީސްގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. އެއީ ހަށިގަނޑަށް ކިތަންމެ ފައިދާ ހުރި އެއްޗެއް ނަމަވެސް ހުޅުހުޅުގައި ރިއްސާނަމަ ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. ނައިޓް ޝޭޑް ވެޖްސް ބޭނުން ކުރުން ހުއްޓާލައިފި ނަމަ ހުޅު ދުޅަވުމާއި، ހުޅުތައް ލެބުމުގެ މައްސަލަތަށް ހައްލުވެގެން ދާނެ އެވެ.
ތެލުލި ކާނާ

ހުޅުހުޅުގައި ރިއްސާނަމަ ތެލުއެޅި ކާތަކެތި ކެއުން އެއްކޮށްހެން ހުއްޓާލާށެވެ. ހާއްސަކޮށް ތަރުކާރީ ތެޔޮލުގައި ތެލުލާފައި ހުއްނަ އެއްޗިއްސެވެ. ސަބަބަކީ ތަރުކާރީ ތެޔޮތައްޔާރުކޮށްފައި ހުއްނަނީ އޮމެގަ-6 ފެޓީއެސިޑް ބޭނުންކޮށްގެންނެވެ. އެއީ ހުޅުހުޅުގައި ރިއްސުން އިތުރުވާ ހަށިގަނޑަށް ގެއްލުންހުރި މާއްދާ އެކެވެ.
ތައްޔާރީ ކާނާ

ކެމިކަލް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުއްނަ ކާނާ އަކީ ހުޅުހުޅުގައި ރިއްސާ މީހުންނަށް އިތުރު ވޭނެކެވެ. އެހެންކަމުން ފިހާރައަކަށް ދިޔަސް ޕެކެޓުގައި ބަންދުކޯށްފައި ހުއްނަ ތައްޔާރީ ކާނާއާ ދުރުވާށެވެ. އޭގެން ފައިދާ ކުރާނީ ހަމަ ތިބާ އަށެވެ.
ކިރު އެކުލެވޭ ކާނާ

ކިރު އެކުލެވޭ ކާނާ އަކީ ހަށިގަނޑަށް ގިނަ އަދަދެއްގެ ޕްރޮޓީންސް އިތުރުކޮށްދޭ ފައިދާ ހުރި ކާނާއެއްކަން ޔަގީނެވެ. އެހެންނަމަވެސް ހުޅުހުޅުގައި ރިއްސާ ނަމަ އެއީ ރަނގަޅު އެއްޗެއް ނޫނެވެ. އެއީ ކިރު އެކުލެވޭ ކާނާގެ ސަބަބުން ހުޅުތަކުގެ ވަށައިގެންވާ ޓިޝޫ ބަލިކަށިވެ ހަލާކުވުމަށް މަގުފަހި ވާތީ އެވެ. ޕްރޮޓީން އިތުރުކުރުމަށް ކިރު އެކުލެވޭ ކާނާގެ ބަދަލުގައި ސޮޅި ސްޕިނެޗް އަދި ނަޓް ފަދަ ތަކެތި ބޭނުން ކުރާށެވެ.