އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވުމާ ގުޅިގެން ގާރީ ހުސައިން ތައުފީގު ޖޫރިމަނާ ކުރި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ތައުފީގުގެ ކަމުގައިވާ މ.ޑްރީމީލައިޓް ފުލުހުން ޗެކްކުރި އިރު، އެކޮޓަރި ތެރޭގައި ހުރި ހާޑު ޑިސްކުތަކާއި މޯބައިލް ފޯނަކާއި ސީޑީން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވެ އޭނާ ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ މިދިއަ އަހަރު ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވުމާ ގުޅިގެން ތައުފީގު 43،453 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ތައުފީގުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު އެމައްސަލައިގެ ފުރަތަމަ އަޑު އެހުން އިއްޔެ ވަނީ ބާއްވާފަ އެވެ.

ގާރީ ތައުފީގުގެ މައްޗަށް ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން މީގެ ކުރިން ހުކުމް ކުރި އެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.