17 Sep 2015, 09:45
ޔޫއެފާ ޗެމްޕިއަންސްލީގްގެ ގުރޫޕް 'އީ' ގައި 1-1ގެ ނަތީޖާއަކުން އެއްވަރުކޮށް ރޯމާއިން އެންމެ ފަހުގެ ޗެމްޕިއަންސް ބާސެލޯނާ ހިފަހައްޓައިފި އެވެ.
ރޯމާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި އެންމެ ފުރަތަމަ ލީޑް ނެގީ ވެސް ބާސާއިންނެވެ.
މެޗްގެ 21 ވަނަ މިނިޓްގައި އީވާން ރެކިޓިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާގެ ލަނޑު ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް އެވެ. ނަމަވެސް ބާސާއަށް ލީޑްގައި އޮވެވުނީ އެންމެ ދިހަ މިނެޓުވަންދެނެވެ.
މެޗްގެ 31 ވަނަ މިނެޓްގައި ރޯމާގެ އެލްސެންޑްރޯ ފްލޮރެންޒީ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ފްލޮރެންޒީ މިލަނޑު ކާމިޔާބުކުރީ ރޯމާގެ ހާފުގެ ތެރެއިން އޭނާއަށް ލިބުނު ބޯޅަ ހިފައިގެން ބާސާގެ ހާފުގެ ތެރެއަށް ވަދެ ދަނޑުގެ އަރިމަތިން ހާފުގެ މެދެއްހާ ހިސާބުން ކުރިއަށް ފޮނުވާލައިގެންނެވެ.
ފްލޮރެންޒީ މިބޯޅަ ފޮނުވާލި އިރު ބާސާގެ ކީޕަރު މާކް އެންޑްރޭ ޓާސްޓެގަން ހުރީ ގޯލްއޭރިއާގެ ބޭރަށް ނިކުމެ އެވެ.
މެޗްގެ ދެ ވަނަ ހާފުގައި ބާސާގެ ސުއަރޭޒަށް ލަނޑުޖާހާނެ ފުރުސަތުތައް ލިބުނު ނަމަވެސް އެފުރުސަތުތައް ބޭނުން ކުރެވޭގޮތް ވަނީ ނުވެފަ އެވެ.
މީގެ އިތުރުން މެސީއާއި ނޭމާއަށް ބައެއް ފުރުސަތުތައް ލިބުނު ނަވެސް އެފުރުސަތުތައް ގޯލަކަށް ހެދޭގޮތްވަނީ ނުވެފަ އެވެ.
ރޯމާގެ މިޑްފީލްޑަރު މުޙައްމަދު ސޮލާހްއައީ ފްލޮރެންޒީއަށް ބައެއް ފުރުސަތުތައް ލިބުނު ނަވެސް ގޯލަށް ނުރައްކާ ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ރޭގެ މެޗްގައި ރޯމާގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެ ޓީމްގެ ކުޅުންތެރިއަކު ބާސާގެ ސުއަރޭޒް ވައްޓާލުމުން ބާސާގެ ބެންޗުން ވަނީ ެޕެނަލްޓީއަކަށް އެޕީލް ކޮށްފައެވެ. ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ.
މިގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗްގައި ބަޔާން ލެވަކޫސަން ވަނީ ބެލަރޫސް އެފްސީ ބޭޓް ބޮރިސޯވްގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދާފަ އެވެ.