16 Sep 2015, 18:38
ހުޅުމާލެއިން ތާޒާ ފެން ކޭސްތަކެއް ބަރުކޮށްގެން މާލެ އަންނަން ފުރި ދޯންޏަކުން ކަނޑަށް ފެން ކޭސްތަކެއް ވެރިއްޖެ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމު ފަޒުލު ރަޝީދު "ސަން"އަށް ވިދާޅުވީ ފެން ކޭސްތައް ކަނޑަށް ވެރުނީ ދިމާވި ކުޑަ "އެކްސިޑެންޓެއް"ގައި ކަމަށެވެ.
"މި ވީ ގޮތަކީ ތަންކޮޅެއް ބާރަށް ދިޔަ ދެ ލޯންޗެއް، އެ ދެ ލޯންޗު ދިޔައީމަ އޭގެ ރާޅު ގަނޑު އައިސް އަޅުގަނޑުމެންގެ ދޯނި [އެމްޑަބުލިއުއެސްސީ]ގައި ޖެހިފައި ފެން ކޭސްތައް ފޮރޮޅައިލައިގެން ކަނޑަށް ވެއްޓުނީ،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލު ވިދާޅުވީ ކަނޑަށް ވެރުނު ހުރިހާ ފެން ކޭސްތައް އެ ކުންފުނީގެ މުވައްޒަފުން މިހާރު ނަގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަނޑަށް ވެރުނީ ކިތައް ފެން ކޭސްތަކެއް ކަމެއް ދަންނަވަން ދަތި ކަމަށެވެ.