މީހުން އުފުލުމަށް ހާއްސަކޮށްފައިވާ އުޅަނދުތަކުގައި ފަސިންޖަރުންގެ ލަގެޖު ފިޔަވައި އެއްވެސް މުދަލެއް އުފުލުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އީދު ބަންދުގައި ކަނޑުމަގުން ގިނަ ބަޔަކު ދަތުރުކުރާނެތީ ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މީހުންނާއި މުދާ އުފުލުމަށް ހާއްސަކޮށްފައިވާ އުޅަނދުތަކުގައި މުދާ އުފުލިދާނެ ކަމަށެވެ. ނަމަވެސް ފަސިންޖަރުން ތިބޭ ސަރަހައްދުގައި ކައްކާ ގޭސްފުޅި އެހެނިހެން ބާވަތްތަކުގެ ގޭސް ސިލިންޑަރު، ސިމެންތި، ލަކުޑި، ނުރައްކާތެރި ކެމިކަލް، ޕެކްނުކޮށް ހުންނަ ރޯމަ އަދި މިނޫން ވެސް ފަސިންޖަރުންނަށް އުނދަގޫވެދާނެފަދަ މުދަލެއް ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް އެ އޮތޯރިޓީގެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައި ބުނެފައިފައި ވަނީ މާބަނޑު މީހުންގެ މައުލޫމާތު އޮޑި ހިންގާ ފަރާތުގެ އަތުގައި ހުރުން މުހިއްމު ކަމަށާއި އެކަމަށް ބޮޑު ސަމާލު ކަމެއް ދޭނެ ޖެހޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އީދުގެ ޗުއްޓީއާ ގުޅިގެން ގިނަ އަދަދަކަށް މީހުން ކަނޑުމަގުން ދަތުރުތައް ކުރާނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ބޯޓެއް ފަރަށް އަރާފައި:

މާބަނޑު މީހުންގެ އިތުރުން ކުޑަކުދިންނާއި ނުކުޅުދޭ މީހުން ގޮވައިގެން ދަތުރު ކުރާނަމަ އެ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ވެސް އެ އުޅަނދު އޮޕަރޭޓު ކުރަން ތިބި ބަޔަކަށް އެނގެން ޖެހޭނެ ކަމަށެވެ.

މީހުން އުފުލާއިރު އުޅަނދުގައި އިތުރު ޑެގު އަޅައިގެން މީހުން އުފުލާނަމަ ސްޓެބިލިޓީ ކަލްކިއުލޭޝަން ހަދައިގެން ހުއްދަ ހޯދަންޖެހޭނެ ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން ބުންޏެވެ. އެ އޮތޯރިޓީގެ ހުއްދައަކާ ނުލައި ގިނަ ތައްޓު ހުންނަ އުޅަނދުގައި ދަތުރު ކުރާނަމަ މީހުން ބައި ތިއްބަން ޖެހޭނީ އެންމެ މަތީ ތައްޓުގައި ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ މީހުން އުފުލާ އުޅަނދުތަކުގައި މީހުންނާއި ލަގެޖު ފިޔަވާ އެހެން އެއްވެސް ޒާތެއްގެ މުދަލެއް އުފުލުމަކީ މަނާ ކަމެއް ކަމަށެވެ. އެގޮތުން އުޅަނދުތަކުން މީހުންނަށް ޖާގަ ދޫކުރަން ވާނީ ދަތުރުގެ ދިގު މިންބަލާ ފަސިންޖަރުންނަށް އެދެވިގެންވާ ތަނެއްގައި ކަމަށް އޮތޯރިޓީން ބުންޏެވެ.