ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ވާލްޑް ބޭންކުން ރާއްޖެ އަށާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓާ ޑިއަރީޓޫ ގޭ އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ވާލްޑް ބޭންކްގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ވާލްޑް ބޭންކްގެ އެހީގައި ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި، ޕްރޮގްރާމްތަކާ ބެހޭގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން، ވާލްޑް ބޭންކުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ވެދީފައިވާ އަދި ދެމުން ގެންދާ އެހީތަކަށްޓަކައި، ވާލްޑް ބޭންކަށް ޝުކުރު އަދާކުރެއްވި އެވެ.