16 Sep 2015, 13:08
ދިރާގުން އިންތިޒާމުކޮށްގެން ޖެހިޖެހިގެން ނުވަ އަހަރު ވަންދެން ބާއްވަމުން އައިސްފައިވާ "ދިރާގު ރޯޑް ރޭސް" މި އަހަރު ބާއްވާފައިވާ އިރު، އެ ރޭހުގައި ބައިވެރިވެ، ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓާއި ފައިސާގެ އިނާމު ހަވާލުކޮށްފި އެވެ.
އިންޓަނޭޝަނަލް ރަން އެއްގެ ގޮތުގައި މިހާރު މަގުބޫލުކަން ހޯދާފައިވާ އެ ރޭހަށް މިފަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ޑެޑިކޭޓް ޔުއާ ރަން ޓު ޕްރޮޓެކްޓް ޗިލްޑްރަން" އެވެ. އެގޮތުން މި އަހަރު މުޅި ރޭހުގެ ހުރިހާ ބައިވެރިން ވެސް ދުވެފައި ވަނީ އެ ޝިއާރުގެ ދަށުންނެވެ. ދިރާގު ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް ސެޓްފިކެޓާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ދިރާގުގެ އިސްވެރިންނެވެ.
ދިރާގު ރޯޑް ރޭހުގެ ސްކޫލް ކެޓަގަރީ އިން 13 ދަށުގެ ފިރިހެން ކުދިންގެ ތެރެއިން ތިން ވަނަ ހޯދާފައި ވަނީ އިބްރާހިމް ޔައިޝް މުހައްމަދު އެވެ. ދެ ވަނަ އިސްމާއިލް މަސްއޫދު އަހުމަދު ހޯދާފައިވާ އިރު އެއްވަނަ ހޯދާފައި ވަނީ އައިކް އަބްދުﷲ ރިފާއު އެވެ. އެ ކެޓަގަރީން ތިން ވަނަ އަންހެން ދުވުންތެރިއެެއްގެ މަގާމު އައިޝަތު އިބާ އިބްރާހިމް ހޯދާފައިވާ އިރު ދެވަނަ ހޯދީ މަރިޔަމް އިވާ އަޝްރަފެވެ. އެއް ވަނަ ހޯދީ އައިޝަތު ނައިޝަން ނާޝިދު އެވެ.

ރޯޑް ރޭހުގެ 13 އަހަރުން ދަށުގެ ސްކޫލް ކެޓަގަރީ އަދި 13 އަހަރުން މަތީގެ ސްކޫލް ކެޓަގަރީން ވަނަވަނަ އަށް ހޮވުނު ފަރާތްތައް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ދިރާގު ރޯޑް ރޭހުގެ 13 އަހަރުން މަތީގެ ސްކޫލް ސީނިއާ ކެޓަގަރީގައި ދުވި ފިރިހެން ބައިވެރިންގެ ތެރެއިން ތިން ވަނަ ހޯދީ ސައިފުﷲ އަހުމަދު އެވެ. ދެވަނަ މުހައްމަދު ހަނަމް އިސްލާއިލް ހޯދި އިރު އެއްވަނަ ހޯދީ އާދަމް ޔާނިޝް އާދިލް އެވެ. އެ ކެޓަގަރީގެ އަންހެން ދުވުންތެރިންގެ ތެރެއިން ތިން ވަނަ ރަބާ އިސްމާއިލް ރާސިފް ހޯދި އިރު، ދެވަނަ ހޯދީ އައިޝަތު ޒަރާ އާދިލް އެވެ. އެއްވަނަ ހޯދީ ފަޒްލާ ވާފިރު އެވެ.
އޯޕަން ކެޓަގަރީން 45 އަހަރުން މަތީގެ ފިރިހެން ދުވުންތެރިންގެ ތެރެއިން ތިންވަނަ، އަލީ ލުތްފީ ހޯދި އިރު، ދެވަނަ ހޯދީ އަލީ ނައުހަދު އެވެ. އެއްވަނަ ހޯދީ އަބްދުﷲ މަހްރީން އެވެ. އެ ކެޓަގަރީގެ އަންހެން ދުވުންތެރިންގެ ތެރެއިން ތިންވަނަ ފާތިމަތު ޝަކީބާ ހޯދިއިރު، ދެވަނަ ހޯދީ ނާދިޔާ އަބްދުލް ސަމަދު އެވެ. އެއްވަނަ ހޯދީ ޒާހިރާ މިތްރާ ޒުބައިރު އެވެ. އޯޕަން ކެޓަގަރީގެ ދުވުންތެރިންގެ ތެރެއިން ތިންވަނަ އަށް 2000 ރުފިޔާ، ދެވަނަ އަށް 4000 ރުފިޔާ އަދި އެއްވަނަ އަށް 6000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.

ރޯޑްރޭސް، 10 ކިލޯ މީޓަރުގެ ދުވުމާއި 45 އަހަރުން މަތީގެ އުމުރުފުރައިގެ ދުވުމުން ވަނަވަނަ އަށް ހޮވުނު ފަރާތްތައް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ފަސް ކިލޯ މީޓަރުގެ ދުވުމުގެ ފިރިހެން ދުވުންތެރިންގެ ތެރެއިން ތިން ވަނަ ހޯދީ ހުސެން ރިޒާ އެވެ. ދެވަނަ ހުސެން ފަޒީލް ހޯދި އިރު އެއް ވަނަ ހޯދީ ޝިފާޒް މުހައްމަދު އެވެ. އެ ކެޓަގަރީގެ އަންހެން ދުވުންތެރިންގެ ތެރެއިން ތިން ވަނަ އައިޝަތު މާޔާ ހޯދިއިރު ދެވަނަ ހޯދީ އައިމިނަތު ނަޒްރާ އެވެ. އެއްވަނަ ހޯދީ ޒުލައިޚާ އިބްރާހިމް އެވެ. ފަސް ކިލޯ މީޓަރުގެ ދުވުމުން އެއްވަނަ އަށް 6000 ރުފިޔާ، ދެވަނަ އަށް 4000 ރުފިޔާ އަދި އެއްވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.

ރޯޑްރޭސް ފަސް ކިލޯ މީޓަރުގެ ދުވުމުން ވަނަވަނަ އަށް ހޮވުނު ފަރާތްތައް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ރޯޑްރޭސް 10 ކިލޯ މީޓަރުގެ ދުވުމުން ފިރިހެން ދުވުންތެރިންގެ ތެރެއިން ތިން ވަނަ މުހައްމަދު ރަޝީދު ހޯދި އިރު، ދެވަނަ ހޯދީ އަހްމަދު ހަސަން އެވެ. އެއް ވަނަ ހޯދީ އަހްމަދު ރިޒާ އެވެ. އަންހެން ދުވުންތެރިންގެ ތެރެއިން ތިން ވަނަ މުއީނާ މުހައްމަދު ހޯދި އިރު ދެވަނަ ހޯދީ މަރިޔަމް އަބްދުލް ކަރީމް އެވެ. އެއް ވަނަ ހޯދީ ރަޓްރީޝިއާ އެވެ. އެ ކެޓަގަރިން ތިންވަނަ އަށް 6000 ރުފިޔާ، ދެވަނަ އަށް 8000 ރުފިޔާ އަދި އެއް ވަނަ އަށް 10،000 ރުފިޔާ ވަނީ ދީފަ އެވެ.
ދިރާގުން ވަނީ މިއަހަރުގެ ރޯޑް ރޭހުގައި ބައިވެރިވި ހުރިހާ އެންޖީއޯތަކަށް ޖުމްލަ 180،000 ރުފިޔާ ވަނީ ދީފަ އެވެ.