16 Sep 2015, 12:12
ރަޝިއާގެ މާފިއާ ބޮހެއް ހައްޔަރުކޮށްފައިވާ ޖަލު ގޮޅީގައި އޭނާއާ ދޭތެރޭ ކަންތައް ކުރާގޮތް ބެލުމަށް ޓަކައި ޖަލަށް ޒިޔާރަތްކުރި ހިއުމަންރައިޓްސް އެކްޓިވިސްޓަކު ގައިދީއާ އެކު ޖަލު ގޮޅިތެރޭގައި ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯއެއް ލީކުވެއްޖެ އެވެ.
ޑެއިލީ މެއިލްގައި ބުނެފައި ވަނީ، ރަޝިއާގެ މެދުތެރޭ ސަރަހައްދެއްގައި ހުންނަ އެ ޖަލުގައި ހައްޔަރުކޮށްފައިވާ ގޭންގު ލީޑަރަކާއި އޭނާގެ ހާލުބަލަން ޒިޔާރަތްކުރާ ހިއުމަން-ރައިޓްސް އެކްޓިވިސްޓުގެ ބަދުއަހުލާގީ މަންޒަރުތައް ފެންނަ ވީޑިއޯކޮށްފައި ވަނީ، އެ ދެމީހުންގެ ގުޅުމާ ދޭތެރޭ ޖަލު ސެކިއުރިޓީންނަށް ޝައްކު އުފެދިގެން، އެ ގޮޅީގައި ސީކްރެޓް ކެމެރާތަކެއް ހަރުކޮށްގެން ކަމަށެވެ.
މިދިޔަ އޭޕްރީލް މަހު ނަގާފައިވާ އެ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި މާފިއާ ބޮސް ހައްޔަރުކޮށްފައި އޮންނަ ގޮޅިއަށް އަންހެނަކު (ހިއުމަންރައިޓްސް އެކްޓިވިސްޓް) ވަދެގެން ދެ އެވެ. އަދި ދެ މީހުން ވަރަށް އަވަސް އަރުވާލައިގެން ބަރަހަނާވެ ބަދުއަހުލާގީ އަމަލު ހިންގުމަށް ފަހު އަންހެން މީހާ ޖަލު ގޮޅިން ނުކުމެގެން ދެ އެވެ.
މި ވީޑިއޯ ރަޝިއާގެ މީޑިއާއަށް އާންމު ވުމާ އެކު ރައްޔިތުންގެ ގިނަ ބަޔަކު ދަނީ، މާފިޔާ ބޮސް ހައްޔަރުކޮށްފައިވާ ގޮޅީގައި އޭނާ އުޅެމުންދާ އަރާމު ދިރިއުޅުމުގެ ވާހަކަތައް ދައްކައި ރުޅިވެރިކަން ފާޅުކުރަމުންނެވެ. ޖަލުގެ އެފަދަ އެހެން ގޮޅިތަކާ ހިލާފަށް ގޭންގު ލީޑަރަށް، ލަކުޑި އެނދަކާއި، ކޮފީ މޭޒަކާއި ގޮނޑިއާއި، ފާރުގައި ތަސްވީރުތަކާއި އެނޫން ވެސް ޖަލުގޮޅިއެއްގައި ހުންނަން ނުޖެހޭ ވަސީލަތްތައް ހުރިކަމުގެ ޝަކުވާކޮށް ރައްޔިތުން ރުޅިވެރިކަން ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޕްރިޒަން އޮފިސަރަކާ ހަވާލާދީ ޑެއިލީމެއިލުން ބުނީ، އެމީހުން މާފިޔާ ބޮސް އޮންނަ ގޮޅީގައި ކެމެރާ ހަރުކުރީ، "އެ ދެމީހުންގެ ކައުންސެލިން ވަގުތު އާންމުކޮށް އެފަދަ ކަންކަމަށް ނަގާވަގުތަށް ވުރެ ދިގުލައި ދާން ފެށުމުން ޝައްކުއުފެދިގެން" ކަމަށެވެ.
އަދި އެ ވީޑިއޯ ފެންމަތިވުމުގެ ކުރިން އެ އަންހެން މީހާއަކީ، ގަވައިދުން ޖަލަށް ޒިޔާރަތްކުރާ ހިއުމަންރައިޓްސް އެކްޓިވިސްޓެއް ކަމަށް ވެސް ބުނެފައިވެ އެވެ.