16 Sep 2015, 09:37
އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގެ ކައިރީ ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯވެ ކާރަށް ބޮޑަތި ގެއްލުންތަކެއްވެއްޖެ އެވެ.
ފުލުހުން މިއަދު ސަން އަށް ބުނީ އެ ހާދިސާ ހިނގިކަން ފުލުހުންނަށް ރޕޯޓްކޮށްފައި ވަނީ ރޭ 12:50 ހާއިރު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާރުގައި އަލިފާން ރޯވި ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައިނުވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން ކާރުގެ ކުރީކޮޅު އެއްކޮށް އަނދާފައިވާ ކަމަށެވެ.
އަލިފާން ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"ބަޔަކު ކުރިކަމެއްކަމެއް ނުވަތަ އަމިއްލައަށް އަލިފާން ރޯވީކަމެއް ބުނަން އެނގޭނީ ތަހުގީގަށް ފަހު،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.