ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު މުޅިރާއްޖެއަށް ވިއްސާރަކޮށް ކަނޑުތައް ވެސް ގަދަވާނެ އެވެ.

މޫސުން ގޯސް ދުވަހެއްގައި ހުޅުލެއަށް ފެރީއެއް ދަތުރުކުރަނީ --- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އުތުރާއި މެދު ރާއްޖެ ތެރެއިން 13 މޭލާއި 23 މެއިލް ބާރު މިނެއްގައި އަދި ވިލާގަނޑުގަ 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ހަތް މޭލާއި 17 ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

ދެކުނުގެ ގަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު އުތުރާއި މެދު ރާއްޖެތެރޭ ކަނޑުތައް އާންމުކޮށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.