ހެންވޭރު އޯކިޑްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ޙާދިސާއެއްގައި އެގޭ ދެ ބޭފުޅަކު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އެގެއަށް ޒިޔާރަތް ކުރައްވައި، ޢާއިލާގެ ބޭފުޅުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

މިހާދިސާގައި އަވަހާރަވީ ހާޖީއެދުރުގޭ ދޮންސިއްތި، 73، އާއި އަދި އޭނާގެ ބޭފުޅެއް ކަމަށްވާ އިއުތިޝާމް އާދަމް،28، އެވެ.

މިނިސްޓަރު އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި ފާތިމަތު ޢާފިޔާ އާއި ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބާ އިރްތިޝާމް އާދަމަކީ ވެސް ދޮންސިއްތިގެ ދެބޭފުޅުންނެވެ.

އެ އާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި އެ ޚަބަރު އެއްސެވީ، ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އިހްލާސްތެރި ތަޢުޒިޔާ، އެ ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ފޮނުއްވި އެވެ.