15 Sep 2015, 12:15
މަތިންދާބޯޓެއްގެ ފިޔަގަނޑެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ކ. އަތޮޅުގެ އުތުރުގައި އޮންނަ ރިޒޯޓެއް ކަމަށްވާ ގިލި ލަންކަންފުށްޓަށް ލައްގާފައި އޮއްވާ ފެނިއްޖެ އެވެ.
"ސަން" އަށް މައުލޫމާތު ދެމުން އެ ރިޒޯޓުން ބުނެފައިވަނީ މަތިންދާ ބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.
އެއީ ކޮން އެއްޗެއް ކަން ބަލައި އިތުރު ތަހުލީލުތައް ކުރުމަށް ކަމާ ބެހޭ ފަރާތްތަކާ މިހާރު ހަވާލު ކޮށްފައިވުމުން އެކަމާ ބެހޭގޮތުން އިތުރަށް އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށް ވެސް ރިޒޯޓުން ބުންޏެވެ.
ނަމްބަރުތަކެއް ޖަހާފައިވާ އަޅި ކުލައިގެ އެ އެއްޗަކީ ބޯޓުގެ ބައެއް ކަމަށް ފޮޓޯއިން ދައްކާއިރު އެ ދުށް މީހުން ބުނަނީ އެއީ ފައިޓާ ޖެޓެއްގެ ބައެއް ކަމަށެވެ.