Update: Kanduvi enmen vanee salaamaivefai: Dhathuruverin
Update: Kanduvi enmen vanee salaamaivefai: Dhathuruverin

Last Updated:
1 decade 2 month ago

ކަނޑުވި އެންމެން ވަނީ ސަލާމަތްވެފައި: ފަސިންޖަރުން

    ބުލޮގު ޚުލާސާ

    މާލެއިން އދ. މާމިގިއްޔަށް ދަތުރު ކުރި ފެރީއެއް އަޑިއަށް ގޮސް އޭގައި ދަތުރު ކުރި މީހުން ކަނޑުވެއްޖެ އެވެ.

    އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު "ސަން"އަށް ވިދާޅުވީ އަޑިއަށްދިޔަ ފެރީގައި ދަތުރުކުރި މީހުން ތިބީ ލައިފް ޖެކެޓް އަޅައިގެން ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއްވި ކަމުގެ ހަބަރެއް އަދި ނުލިބޭ ކަމަށެވެ.

    ސަން އަށް އެނގިފައިވާ ގޮތުގައި އެ ބޯޓު އަޑިއަށް ގޮސްފައި ވަނީ ކ. ވާދޫ އައިލެންޑް ރިސޯޓް ކައިރިއަށެވެ. އެ ފެރީ އަޑިއަށް ދިޔަކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ ފަތިހު އެވެ.

    އަދުނާން ވިދާޅުވީ އެ ފެރީ އަޑިއަށް ދިޔަ ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ ފަތިހު 5:45 އެހާކަންހާއިރު ކަމަށެވެ.

    އޭނާ ވިދާޅުވީ އަޑިއަށް ދިޔަ ފެރީން ދަތުރު ކުރި މީހުންގެ އަދަދެއް އަދި ނޭނގޭ ކަމަށާއި ކަނޑުވެފައިވާ މީހުން އެ ސަރަހައްދުގެ ރިސޯޓެއްގެ އުޅަނދަކަށް ނަގަމުން އަންނަ ކަމަށެވެ.

    ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ކަނޑުވި މީހުން ނެގުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެ ބޯޓު އަޑިއަށް ދިޔަ ކަމުގެ ޚަބަރު އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުފަރަށް އަންގަމުންދާ ކަމަށެވެ.

    10:44

    މިހާތަނަށް 81 މީހަކު ވަނީ މާލެއަށް ގެނެސްފައި. އޭގެ ތެރޭގައި 55 ދިވެހިން ހިމެނޭ އިރު، މަސައްކަތު 19 ބިދޭސީއަކު ވެސް ހިމެނޭ. ކަނޑުވި ޓޫރިސްޓުންގެ ތެރެއިން މާލެ ގެނައީ ޖަރުމަނުގެ ހަތަރު ޓޫރިސްޓުންނާއި އިންޑީއާގެ ދެ މީހަކާއި ލަންކާ އެކަކު.

    މާމިގިލީ ފެރީން ކަނޑުވި މީހުން މާލެއަށް ބާލަނީ-- ސަން ފޮޓޯ/ ފަޔާޒު މުސާ
    މާމިގިލީ ފެރީން ކަނޑުވި މީހުން މާލެއަށް ބާލަނީ-- ސަން ފޮޓޯ/ ފަޔާޒު މުސާ
    މާމިގިލީ ފެރީން ކަނޑުވި މީހުން މާލެއަށް ބާލަނީ-- ސަން ފޮޓޯ/ ފަޔާޒު މުސާ
    09:56

    ހާލު ބޮޑު ބަލި ކުއްޖާ ވަނީ މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނޭ. އެ ކުއްޖާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައި.

    09:48އާދަމް ނަޒީރު

    މާލެ ގެނައި މީހުންގެ ތެރޭގައި ފަސް ފަތުރުވެރިން ހިމެނޭ. އޭގެ ތެރޭގައި ޖަރުމަނު ދެ ފަތުރުވެރިއަކު ހިމެނޭ. އަދި ލަންކާ އެކަކު ހިމެނޭ.

    އަޑިއަށް ދިޔަ ފެރީގައި އދ. އަތޮޅަށް ދަތުރު ކުރަމުންދިޔަ 12 ބިދޭސީއަކު ވެސް ވަނީ މާލެ ގެނެސްފައި. އެ މީހުން ތިބީ ކޯސްޓުގާޑު ބިލްޑިންގައި.

    09:29

    ފެރީން ދަތުރު ކުރި ބައެއް ފަސިންޖަރުން ބުނަނީ ބޯޓުގައި ދަތުރު ކުރި އެންމެން ސަލާމަތްވެފައިވާ ކަމަށް. އެ މީހުން ބުނާ ގޮތުގައި ފެރީ ދިޔަވާން ފެށުމުން އެންމެން ލައިފްޖެކެޓް އަޅައި ތައްޔާރީ ހާލަތުގައި ތިބި ކަމަށް.

    09:17

    ކަނޑުވި ކުޑަކުއްޖަކު ހާލު ބޮޑުވެގެން ސީ އެންބިއުލާންސްގައި މާލެ ގެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި

    09:11

    ސަލާމަތްވި މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ދަނީ އެކި އުޅަނދުތަކުގައި މާލެ ގެންނަމުން. އެ މީހުން މާލެއަށް ބާލަމުން ދަނީ ތިން ރުއް ޕާކު ސަރަހައްދާއި ކޯސްޓްގާޑު ބިލްޑިން ކައިރިއަށް. ހާލު ބޮޑު ބަލި މީހުން ބާލަމުން ދަނީ ތިން ރުއް ޕާކު ސަރަހައްދަށް.

    ތިން ރުއް ޕާކު ސަރަހައްދަށް މިހާތަނަށް ވަނީ 35 މީހަކު ގެނެސްފައި. އޭގެ ތެރޭގައި 11 ކުޑަކުދިން ހިމެނޭ. ކަނޑުވެފައި ތިއްބާ ސަލާމަތްވި ބައެއް ޓޫރިސްޓުން ވެސް ވަނީ މާލެ ގެނެސްފައި.

    އަޑިއަށް ދިޔަ ފެރީން ކަނޑުވި ބައެއް މީހުން މާލެއަށް ބާލާ ސަރަހައްދުގައި ސިފައިންގެ އޮފިސަރުންތަކެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    09:01

    ކަނޑުވެފައި ތިއްބާ ސަލާމަތްވި ބައެއް މީހުން ދަނީ މާލެ ގެންނަމުން.

    ކަނޑުވެފައި ތިއްބާ ސަލާމަތްވި ބައެއް މީހުންގެ އާއިލާތައް ބަނދަރު ސަރަހައްދުގައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    08:43

    ކަނޑުވެފައި ތިބި 84 މީހަކު އުޅަނދުތަކަށް ވަނީ ނަގާފައި: އެމްއެންޑީއެފް

    ކޯސްޓުގާޑުން ބުނީ މިހާތަނަށް 84 މީހުން ކަނޑުން ނަގާފައިވާ ކަމަށް. ފެރީ އަޑިއަށް ދިޔައީ ގުރައިދޫ ހުޅަނގުން ހަ މޭލު ބޭރުން ކަމަށާއި ފެރީގައި ދަތުރު ކުރި ޖުމްލަ އަދަދު އަދިވެސް ކަށަވަރު ނުވާ ކަމަށް އޭނާ ވިދާޅުވި.

    މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވެސް ވިދާޅުވީ 84 މީހުން ކަނޑުން ނަގާފައިވާ ކަމަށާއި އެ ފެރީގައި ދަތުރުކުރީ އެ އަދަދަށް ކަމަށް ބެލެވޭ ކަމަށް.

    08:39

    މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް

    މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވިދާޅުވީ ކަނޑުވި އެންމެން ސަލާމަތް ކުރެވުނު ކަން ފުލުހުން އަދި ކަށަވަރުނުކޮށްދޭ ކަމަށް. ލަފާ ކުރެވޭ ގޮތުގައި އެ ފެރީގައި 150 އަށް ވުރެ ގިނަ މީހުން ދަތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި.

    ކަނޑުވި އެންމެން ސަލާމަތް ކުރެވުނު ކަމެއް މެރިން ޕޮލިސްއަކުން އަދި ކަށަވަރެއް ނުކޮށްދޭ. ލަފާ ކުރެވޭ ގޮތުގައި އެ ފެރީގައި 150 އެއްހާ މީހުން ދަތުރު ކުރި ކަމަށް ވަނީ. އެކަމަކު އެއީ ސައްހަ އަދަދެއް ނޫން. އެ ފެރީއަކީ އދ. ފެންފުއްޓާއި މާމިގިއްޔާއި ދިގުރަށަށް ދަތުރުކުރާ ފެރީއެއް. އެ ރަށްތަކުގެ ގެސްޓު ހައުސްތަކަށް ޓޫރިސްޓުނާއެކު މުދާ އުފުލާ އުނޅަދެއް އެއީ.

    08:04

    ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަނޑުވެފައި ތިއްބާ ފެނުނު މީހުންގެ ތެރެއިން އުޅަނދުތަކަށް ނަގަމުންދާ މީހުން ގެންދަނީ އަދާރަން ކްލަބް ރަންނާޅި ރިސޯޓަށް ކަމަށް.

    އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދުހުސައިން ހަސަން

    އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތައް ކަނޑުވެފައިވާ މީހުންގެ ތެރެއިން 60 އަށް ވުރެ ގިނަ މީހުން އުޅަނދަކަށް ނަގައިފި.

    އެއް އުޅަނދަކަށް 60 އަށް ވުރެ ގިނަ މީހުން ނަގާފައިވާ ކަމަށް ޚަބަރު ލިބެނީ. އެ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ. ފެރީގައި ދަތުރު ކުރި ޖުމްލަ އަދަދެއް އަދި ސާފެއް ނުވޭ.