އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގައި ރާއްޖެ އާ ވާދަކުރާ ހުރިހާ ޓީމެއް ރޭ މާލެ އަތުވެއްޖެ އެވެ.

ތަޖިކިސްތާންގެ ޓީމު ހުކުރު ދުވަހުގެރޭ ރާއްޖެ އައިސްފައިވިއަސް އަނެއް ދެ ޓީމު ކަމަށްވާ ކިރުގިސްތާނާއި ކެމްބޯޑިއާ ޓީމު މާލެ އައީ ރޭގެ ވަގުތެއްގައެވެ. މާލޭގައި ކެމްބޯޑިއާ ޓީމު މޫކައި ސްވިޓްސްގައި ތިބޭއިރު ކިރުގިސްތާން ޓީމު ތިބެނީ ނަސަންދުރައިގައެވެ.

މުބާރާތް ހުޅުވާ މެޗުގައި 21 ވަނަ ދުވަހު ހަވީރު ނުކުންނާނީ ކިރުގިސްތާނާއި ތަޖިކިސްތާނެވެ. ދެވަނަ މެޗުގައި އެރޭ ރާއްޖެ އާއި ކެމްބޯޑިއާ އެވެ.

މުބާރާތުގެ ޓިކެޓް އެފް އޭ އެމުން ހުކުރު ދުވަހު ވިއްކަން ފެށިއިރު ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް މިހާރު ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިލާފައެވެ.