14 Sep 2015, 18:26
ވިލިމާލޭގައި މޫދަށް އެރި އުޅުނު 13 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ވިލިމާލޭ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި މޫދަށް އެރިއުޅުނު 13 އަހަރުގެ ފިރިހެން ކުއްޖަކު މަރުވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 3:50 އެހާކަންހާއިރު އެވެ.
އެ ކުއްޖާ ވިލިމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.