20 Mar 2011, 13:14
12:39 މަރުވި ދެމައިގެ ހަށިގަނޑު ދުށުމަށް ވަރަށް ގިނަ އަދަދެއްގެ އާންމުންނާއި ސަރުކާރުގެ އިސްވެރިންނާއި ޕާޓީތަކުގެ ވެރިންވެސް އާ ސަހަރާގައި އެބަތިއްބެވެ. މަރުވެފައިވާ ދެ ހަށިގަނޑުވެސް މިވަގުތު އޮތީ ބޮޑީ ބޭގުގަށްލާފައެވެ. އެމީހުން މޫނެއް އަދި ނުދައްކަ އެވެ.
11:39 އޯކިޑު ގެއަށް ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެންފި އެވެ.
http://www.youtube.com/watch?v=mmG6ZQWjckw
11:18 އެމްޑީއެފުން ބުނީ މަރުވި ދެމައިން ވެސް ތިބީ 10 ފޫޓުގެ ކޮޓަރިއެއްގެ ތެރޭގައި ހުރި އެނދެއް ކަމަށް ލަފާ ކުރެވޭ އެއްޗެއްގެ ކައިރީގައެވެ.
11:18 އެމްއެންޑީއެފުން ޕްރެސް ކޮންފަރެންސެއް ދޭން ތައްޔާރުވަނީ
11:15 މަރުވި ދެމީހުންގެ ތެރެއިން އެކަކީ ޖެންޑާ މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރު ފާތުމާތު އާފިޔާ އާއި އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބު އިރުތިޝާމް އާދަމްގެ މަންމަ އެވެ. ދެވަނަ މީހަކީ އެބޭފުޅުންގެ އެއްބަނޑު އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ އެވެ. އެމީހުން ތިބީ ގޭގެ ކޮޓަރިއެއްގައި ތާށިވެފައި
11:09 މަރުވި ދެމީހުންގެ ތެރެއިން އެކަކީ ދުވަސްވީ އަންހެނެއް. އަނެކަކީ އެގޭގައި އުޅޭ ނުކުޅެދޭ ކުއްޖެއް ކަމަށް ބުނޭ
11:07 ނެރުނު ދެމީހުން ވެސް ވަނީ މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައި
11:00 އިމާރާތުން ނެރުނު މީހާ އަނދާފައި އޮތް ވަރުން އެއީ ކާކުކަން އައިޑެންޓިފައި ނުކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
10:59 ފޮތިގަނޑުއަޅައިގެން ނެރުނު މީހާ މަރުވެފައިވާ ކަމަށް ބެލެވެ އެވެ. ނަމަވެސް އެއީ ކާކު
10:53 ފޮތިގަނޑުއަޅައި ކަވަރުކޮށްފައި އޮތް މީހަކު އިމާރާތުން ނެރެފި އެވެ. ދެ ވަނަ މީހާ ވެސް ނެރެނީ އެވެ.
10:50 އެ ސަރަހައްދުގައި ތިބި އާއިލާގެ މީހުން ރޮނީ އެވެ.
http://sun.mv/albums/l_383.jpg
10:47 އެމްއެންޑީއެފުގެ އެމްބިއުލާންސަކާއި އައިޖީއެމްއެޗުގެ އެމްބިއުލާންސެއް ނަރުހުންނާ އެކު އަތުވެއްޖެ އެވެ.
10:41 އިމާރާތުން އަލިފާން ނިއްވާލައިފި އެވެ. މިހާރު އެތެރޭގައި ފުލުހުންގެ ފޮރިންސިކް ޓީމުން ހަރަކާތްތެރިވަމުން އެބަދެ އެވެ.
10:37 ސަންގެ ރިޕޯޓަރު ދެންމެ ބުނީ ހ. އޯކިޑަށް އައިޖީއެމްއެޗުގެ ޑޮކްޓަރަކު އަތުވެއްޖެ ކަމަށެވެ.
10:14 އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ ސަލަތައި ހުންނަ އޯކިޑްގޭގެ ދެ ބުރީގެ އިމާރާތެއްގައި ކަމަށެވެ. އިމާރާތުގެ ތެރޭގައި ވާ ކަމަށް ބެލެވެނީ 70 އަހަރުގެ މީހަކާއި އޭނާ ބަލަހައްޓާ މީހާ އެވެ.
9:58 ރެސްޓޯރެންޓްގައި މަސައްކަތް ކުރާ ތައި އަންހެން ކުއްޖެއްގެ މަންމައާ އާއި ދައްތަކު އަލިފާން ރޯވެފައިވާ ތަނުގެ ތެރޭގައި ވާ ކަމަށް އަންހެން ކުއްޖާ ބުނާ ކަމަށް އެމްއެންޑީއެފުން ބުނޭ. އަދި ޖެހިގެން ހުރި އޯކިޑް ގޭގެ އަންހެނަކުވެސް އެތެރޭގައި ތާށިވެފައިވޭ ކަމަށް ބުނަމުން އެބަދޭ
9:39 އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ ވަރަށް ގަދަ އަށް ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަންގެ ރިޕޯޓަރު ބުނީ ރެސްޓޯރަންޓްގައި ހުރި ސާމާނުތައް ނެރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ.
9:36 އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު އެބަކުރެ އެވެ. އެ ސަރަހައްދުގައި ހުރި ސަންގެ ރިޕޯޓަރު ބުނީ ވަރަށް މައްޗަށް ދުންގަނޑު ހުރި ކަމަށެވެ.
ވެލާނާގޭ އޮފީސް އިމާރާތް ކުރިމަތީގައި ހުންނަ ސަލަތައި ރެސްޓޯރަންޓްގެ ބަދިގޭގައި އަލިފާން ރޯވެއްޖެ އެވެ. އަމީރުއަހުމަދު މަގުގައި ހުންނަ އޯކިޑްގައި ހުންނަ ސަލަތައިގަ.