14 Sep 2015, 13:00
ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަހުމަދު ސިޔާމު މުހައްމަދުގެ މާމަ، ނ. ކުޑަފަރީ، ދިލްސާދުގޭ އައިޝަތު ހަސަން ނިޔާވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރުގެ މާމަ މިއަދު ހެނދުނު މާލޭގައި ނިޔާވީ އުމުރުން 82 އަހަރުގަ އެވެ.
އައިޝަތު ހަސަން ނިޔާވި އިރު ދުނިޔޭގައި ތިން ކުދިން އެބަތިއްބެވެ. އެއީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.
އާއިލާ އިން މައުލޫމާތުދިން ގޮތުގައި އައިޝަތު ހަސަންގެ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު މުހައްމަދު ތަކުރުފާނު އައުޒަމްގަ އެވެ. ވީހާ ވެސް ގިނަ ބަޔަކު އެ ކަށުނަމާދުގައި ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.