ބޭސްފަރުވާ އަށް ނުވަތަ އެނޫން ވެސް ބޭނުންތަކުގައި ރާއްޖެ އިން ބޭރަށް ގޮއްސަ އެނބުރި އަންނަ އިރު މީހުން ހަވާލުކުރާ އެއްޗެތި ރަނގަޅަށް ބަލައި ފާސްކުރުމަށް ފަހު ނޫނީ ހަވާލު ނުވުމަށް ކަސްޓަމްސް އިން އިލްތިމާސްކޮށްފި އެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ "މިހާރަކަށް އައިސް ރާއްޖެ އިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކުން އެނބުރި ރާއްޖެއަށް ވަޑައިގަންނަވާއިރު، އިލެކްޓްރޯނިކް ބާވަތްތަކާއި ބޭސް، ދަޅުކާނާ އަދި ފެކްޓްރީ ސީލްގައި ހުންނަ އެކިއެކި އާލާތްތަކުގެ އެތެރޭގައި ބަނދުކޮށްގެން، ރާއްޖެ އަށް އެތެރެކުރުން މަނާތަކެތި އެތެރެކުރުމަށް މަސައްކަތްކުރާ ކަމަށް" ކަސްޓަމްސް އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މީހަކު ހަވާލުކުރާ އެއްޗެއް ރަނގަޅަށް ބަލައި ފާސްކުރުމަށް ފަހު މެނުވީ ހަވާލުނުވުމަށް އިލްމާސް ކުރާ ކަމަށާއި ނޫނީ އެއީ "ގާނޫނީ ގޮތުން ޒިންމާ އުފުލަން ޖެހޭނެ ކަމެއްކަމަށް" ވެދާނެ ކަމަށެވެ.