14 Sep 2015, 12:38
ކުރިއަށް އޮތް ދެ އަހަރީ މުޅި ދުނިޔޭގައި ވެސް އެންމެ ހޫނު ގަދަ ދެ އަހަރަށް ވާނެ ކަމަށް އިނގިރޭސިވިލާތުގެ މެޓް އޮފީހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ޔޫކޭގެ މެޓް އޮފީހުން ހެދި އެ ދިރާސާގެ ރިޕޯޓުގައި ބުނެފައި ވަނީ ގްރީން ހައުސް ގޭސް އިތުރުވެ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އޭގެ ތެރޭގައި ގުދުރަތީ ގޮތުން ކުރިމަތިވާ މައްސަލަތަކެއް ވެސް ހިމެނޭ ކަމަށް އެ ދިރާސާގައި ވަނީ ބުނެފަ އެވެ.
ނަމަވެސް ޔޫރަޕުގެ ބައެއް ސަރަހައްދުތަކަށް ސަމާގައި ކޮންމެވެސް ވަރަކަށް ފިނިކަމެއް އިހްސާސް ކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދިރާސާއިން ދައްކަ އެވެ. މި އަހަރުގެ ތެރޭގައި އެވްރެޖް ސާފޭސް ޓެމްޕަރޭޗާ ރިކޯޑު އަދަދަކަށް އިތުރުވެގެންދާނެ ކަމަށް ސައިންސްވެރިން ވެސް ވަނީ ހާމަކޮށްފަ އެވެ.

ޔޫކޭ މެޓް އޮފީހުގެ ހޭޑްލީ ސެންޓަރުގެ ޑިރެކްޓަރު ޕްރޮފްސާ ސްޓެފް ބެލްޗާ ވިދާޅުވީ ދުނިޔެ ހޫނުވެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އައުމަށް ދިމާވާ މައިގަނޑު ސަބަބަކީ އިންސާނުންގެ އުފެއްދުންތަކުގެ ސަބަބުން ކަމަށެވެ.
"ފެށޭ އަހަރަކީ މިއަށް ވުރެ ހޫނު ގަދަ އަހަރަކަށް ވެގެންދާނެ. ވަރަށް ސާވު މޫސުން މިދަނީ ވަރަށް ބޮޑަށް ބަދަލުވަމުން.، " ޕްރޮފްސާ ސްޓެފް ބެލްޗާ ވިދާޅުވި އެވެ.
ދިރާސާ ރިވިއުކުރެއްވި ޕްރޮފެސަރު ރޯވަން ސަޓޮން ވިދާޅުވީ 2014 2015 އަދި 2016 އަކީވެސް ހޫނު ގަދަ އަހަރުތަކަކަށްވެގެންދާނެ ކަމަށާއި، އެންމެ ހޫނު ގަދަ އަހަރުތަކުގެ ރެކޯޑަކަށްވެސް ވެގެންދާނެ ކަމަށެވެ.
"މިއީ ހިވާ ހީވުމެއް ނޫން. ގްރީން ހައުސް ގޭސްގެ ސަބަބުން ދުނިޔޭގެ ކަނޑުތަކަށާއި ތިމާވެއްޓަށް އައްނަ ބަދަލުތައް މިދަނީ ފެންނަމުން،" ޕްރޮފެސަރު ރޯވަން ސަޓޮން ވިދާޅުވި އެވެ.
މި އަހަރުގެ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެންމެ ހޫނުގަދަވާނެ ހިސާބުތަކެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައި ވަނީ އޭޝިއާ އާއި އޮސްޓްރޭލިއާ އަދި ސަބް ސަހަރަން ނޯތް އެފްރިކާ އެެވެ.