14 Sep 2015, 11:35
މަސްތުވާތަކެތީގެ މައްސަލާގައި އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވާމަޝްހޫރު ފެހުންތެރިޔާ ދަފްތަރު ނަންބަރު 5652 މިރުފަތު ހަނީފް(ހަނީ) އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތަށް ހައިކޯޓުގައި ނިންމާލައިފި އެވެ.
ހަނީ އުމުރަށް ޖަލަށް ލާން ހުކުމް ކުރުމާއި އެކު 100،000 ރ. ޖޫރިމަނާކޮށްފައި ވަނީ ވަނީ ގ. ކަމަދޫގޭގެ ބައެއްގެ ތެރޭއިން 11 ގްރާމްގެ މަސްތުވާތަކެއްޗާ އެކު އަތުލާގަން މައްސަލަ ސާބިތުވުމުންނެވެ.
އެމައްސަލައިގެ އަޑުއެހުންތައް މީގެ ކުރިންވެސް ނިންމާލާފައިވާއިރު މިއަދު އިތުރު އަޑު އެހުމެއް ބާއްވާފައިވަނީ މައްސަލަ ބައްލަވާ ބެންޗު ބަދަލުވުމާއި ގުޅިގެންނެވެ.
ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އިސް ފަނޑިޔާރުކަން ކުރެއްވި އެ މައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެެވެ.