14 Sep 2015, 11:00
އައްޑޫ ސިޓީގައި ކުޑަކުއްޖަކު ދުއްވި ކާރެއް ކޮންޓުރޯލް ނުވެގެންގޮސް ރުކަކަށް އަރައި ކާރަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަންއަށް ވިދާޅުވީ މިއަދު ހެނދުނު 6:45 އެހާކަންހާއިރު އައްޑޫ ސިޓީގެ ހަންކެނޑެ ބުރިޖުގައި ހިނގި އެ އެކްސިޑެންޓުގައި ކާރު ރުކެއްގައި ޖެހި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ކާރު ދުއްވަން އިން 18 އަހަރު ނުފުރޭ ކުއްޖާއަށް ގެއްލުމެއް ނުވެ އެވެ.

އައްޑޫގައި މިއަދު ހިނގި އެކްސިޑެންޓުގައި ކާރަށް ގެއްލުންވެފައި -- ފޮޓޯ: އައްޑޫ ލައިވް
"ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓުރޯލުން ނައްޓައިގެން ގޮސް، ކާރު ފުރޮޅިގެން ގޮސް ރުކެއްގައި ޖެހުނީ." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެވަގުތު ކާރުގައި އިނީ އޭނާ އެކަނި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިއަދު އައްޑޫގައި އެކްސިޑެންޓެއް ހިނގާފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ، ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު ވަނީ މަރުވެފަ އެވެ.