14 Sep 2015, 09:30
ގއ. ދާންދޫގެ ދެ ސަރަޙައްދެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައިފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިދިޔަ ހުކުރު ދުވަހު ދާންދޫގައި ތިބޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ހޮޅިކޮޅާއި 21 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ ދާންދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.