13 Sep 2015, 19:01
އިންޓަ ރިސޯޓް ވޯލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ދޭއްގެ ތަށި މިލްކު ކުރަން ނުކުތް ފިހާޅޮހި ރިޒޯޓް ބަލިކޮށް އޮޅުވެލި ބީޗް އެން ސްޕާ ރިސޯޓުން ޗެމްޕިއަންކަން ހޯދައިފި އެވެ.
މެޗްގެ އޮޅުވެލިން ކާމިޔާބު ކުރީ 3 ސެޓް 1 ސެޓުންނެވެ. ފުރަތަމަ ސެޓް އޮޅުވެލި ކާމިޔާބު ކުރީ 26-24 އިންނެވެ. ދެ ވަނަ ސެޓް ފިހާޅޮހި ކާމިޔާބު ކުރީ 25-18 އިންނެވެ. ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓް އޮޅުވެލި ކާމިޔާބު ކުރީ 25-22 އިންނެވެ.
މި ޒޯންގައި އެ ދެ ޓީމް ހިމެނޭއިރު ހޯމް އެންޑް އަވޭ އުސޫލުން ކުޅުނު ފުރަތަމަ މެޗް ހޯމްގައި ކުޅެ އޮޅުވެލިން ވަނީ ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ލެގް މެޗް ފިހާޅޮހީގައި ކުޅުނު އިރު، އެޗުން މޮޅުވެގެން އޮޅުވެއްޔަށް ޒޯން ޗެމްޕިއަންކަން ހޯދެން އޮތް ނަމަވެސް އެ މެޗް ކާމިޔާބު ކުރީ ފިހާޅޮއްސެވެ.
ޒޯންގެ ޗެމްޕިއަންކަން އޮޅުވެލި ހޯދުމުން އެ ޓީމް ވަނީ އިންޓަ ރިސޯޓް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފަ އެވެ.