މަސްޖިދު އަލް އަގްސާގައި ފަލަސްތީނުގެ ގިނަ ބަޔަކު ނަމާދު ކުރަން ތިއްބައި އިޒްރާއީލުގެ ފުލުހުން މިސްކިތަށް ވަދެ އެމީހުން ނެެރެފިއެވެ.

"އާރުޓީ" އިން ބުނެފައި ވަނީ އެ "ރެއިޑަކީ "ސެކިއުރިޓީ އޮޕަރޭޝަނެއްގެ ގޮތުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ހަރަކާތްތެއް ކަމަށެވެ.

އިޒްރާއީލުގެ ފުލުހުން މިސްކިތައް ވަދެ މިސްކިތުގައި ތިބި މީހުން ނެރުމަށް ހަތިޔާރު ބޭނުންކުރި އެވެ. އެގޮތުން އެކި ވައްތަރުގެ ގްރެނޭޑާއި ކަރުނަ ގޭސް ބޭނުން ކޮށްފައިވާ ކަމަށް އާރުޓީ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިސްކިތުގެ ތެރެއިން މީހުން ނެރުމަށްފަހު މިސްކިތުގެ ސަރަހައްދެއް ވަނީ ބަންދުކޮށްފަ އެވެ. އެއާއެކު އުމުރުން 50 އަހަރުން ދަށުގެ އެއްވެސް މީހަކަށް މިސްކިތައް ވަނަ ނުދިނުމަށް ފުލުހުންން އެ މީހުން ހިފަހައްޓާފައިވާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ.

ޖެރުސަލަމް ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އެ އޮޕަރޭޝަން ހިންގާފައި ވަނީ ގޮވާ ތަކެތި ހޯދުމަށް ކަމަށެވެ.

މަންޒަރު ދުއް ފަރާތްތަކުން ބުނާ ގޮތުގައި އެ ސަރަހައްދުން ސޮނިކް އަދި ގޭސް ބޮމުގެ އަޑު، ފުލުހުން ވަތް ގަޑީ ވަނީ އިވިފައިވާ ކަަމަށެވެ.

އެކަމާ ގުޅިގެން އެތައް އަރަބި ޒުވާނުންތަކެއް ވަނީ އިޒްރާއިލް ފުލުހުންނަށް އުނދަގޫ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އާރުޓީ އިން ބުންފައި ވަނީ މާސްކް އަޅައިގެން އުޅުން ޒުވާނުންތައް ވަނީ މަގުގައި ރޯޑް ބްލޮކްތައް ބަހައްޓާ ފުލުހުން މިސްކިތާ ހިސާބަށް ދިޔުން ލަސްކުރުމަށް މަސައްކަތް ކޮށްފަ އެވެ. އެ މީހުން ވަނީ މިސްކިތް ކައިރި އަށް ގޮސްފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.