ކާރަކާއި ސައިކަލެއްޖެހި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، މިއަދު 12:05 ކަންހާއިރު ހުޅުމާލޭ ނިރޮޅުމަގުގައި ސައިކަލަކާއި ކާރެއް ޖެހި ސައިކަލް ދުއްވަން އިންމީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުންގެންދާ ކަމަށެވެ.

ސަން އަށް އެނގިފައިވާގޮތުގައި ސައިކަލް ދުއްވަން އިންމީހާގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ.

އެ އެކްސިޑެންޓުގައި ކާރުގެ ހެޑް ލައިޓަށް ގެއްލުންތަކެއްވެފައިވާއިރު ސައިކަލުގެ އެއްފަރާތުގެ ކަވަރު ވަނީ ނައްޓައިގެން ގޮސްފައެވެ.