19:00


އަނިޔާކުރުމަށްފަހު ބަނދެފައި މައްޗަންގޮޅީގެ ބޭކް ހައުސްއެއްގެ އިން ބިދޭސީއަކު ފުލުހުން ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މައްޗަންގޮޅީ ބީޖީ ސަރަހައްދުގައި ހުންނަ "ދަ ބޭކް ހައުސް" ނަމަކަށް ކިޔާ ބޭކަރީއެއްގެ ތެރެއިން މީހަކު ރޯ އަޑު އިވޭ ކަމަށް ފުލުހުންނަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެތަނަށް ދިޔައިރު އެ މީހާ އިނީ ދެއަތް ބަނދެފައި ބައިންދާފައި ކަމަށެވެ. އަދި ބަޔަކު އޭނާއަށް އެކިވަރުގެ އަނިޔާކޮށް ބޯފަޅާލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.


ފުލުހުން ބުނީ އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.