13 Sep 2015, 09:50
ލ. ގަމުގައި ގްރޫޕް ހަދައިގެން ބަދު އަޚުލާގީ އަމަލު ހިންގަން ތިއްބި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އަންހެން މީހާ ދޫކޮށްލައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިޝަލް އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ އެ އަންހެން މީހާ ދޫކޮށްލާފައި ވަނީ އިއްޔެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކަމަށެވެ.
"އެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޓަކައި އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފައި،" އިސްމާއީލް ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުގެ ރޭ ގަމު ގެސްޓު ހައުސްއެއްގެ ތެރޭގައި ގްރޫޕް ހަދައިގެން ބަދު އަޚުލާގީ އަމަލު ހިންގަން ތިއްބި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަކުރީ ހަތަރު މީހެކެވެ. އެއީ ތިން ފިރިހެނުންނާއި އަންހެނެކެވެ.