19 Mar 2011, 13:57
ޕެރިސް: ރުމޭނިޔާގެ ޢުމުރުން 23 އަހަރުގެ ޒުވާން އަންހެން ކުއްޖަކު މާމައަކަށް ވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ނުކުންނަ ޓެބްލޮއިޑް ނޫހެއް ކަމަށްވާ ދަ ސަން އާ ޙަވާލާދީ ޔޫބީއައި ބުނިގޮތުގައި އުމުރުން 23 އަހަރުގެ ރިފްކާ ސްޓާންސްކޯ އަކީ މިހާރު ދުނިޔޭގައިވާ އެންމެ ހަގު މާމައެވެ.
ރިފްކާ މާމައަކަށްވީ އޭނާގެ ދޮށީ އަންހެން ދަރިފުޅު އުމުރުން އެންމެ 10 އަހަރުގައި ކައިވެނި ކޮށްގެން އުމުރުން 11 އަހަރުގައި ފިރިހެން ކުއްޖަކު ވިހެއުމުންނެވެ.
ރިފްކާ އޭނާގެ އުމުރުން 11 އަހަރުގައި ކައިވެނި ކުރީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވާ އިވްނިލް ސްޓާންސްކޯ އާއެވެ. އެއަށްފަހު ރިފްކާ އަށް އޭނާގެ އަންހެން ދަރިފުޅު ލިބުނީ އުމުރުން 12 އަހަރުގައެވެ. ރިފްކާ އުންމީދުކުރީ އޭނާ އާ ޚިލާފަށް ހަގު އުމުރެއްގައި ދަރިފުޅު ކައިވެނި ނުކުރާނެ ކަމުގައެވެ. ނަމަވެސް ކަންތައްދިމާވީ އިދިކޮޅަށެވެ. ދަރިފުޅު ކައިވެނިކުރީ ރިފްކާ ކައިވެނި ކުރި އުމުރަށްވުރެވެސް ހަގު އުމުރެއްގައެވެ. އަދި ދަރިފުޅަށް ކުއްޖަކު ލިބުނީވެސް ރިފްކާ އަށް ކުއްޖަކު ލިބުނު އުމުރަށްވުރެ ހަގު އުމުރެއްގައެވެ. -- ޔޫބީއައި