12 Sep 2015, 18:29
މަސްތުވާތަކެތީގެ މައްސަލައެއްގައި ކ. ކާށިދޫ ޕޮލިސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކު ފިލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ 32 އަހަރުގެ އެމީހާ ފިލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މާލެއިން ފުރައިގެން ކާށިދޫއަށް ދިޔަ އުޅަނދަކުން މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން ކުރި މަސައްކަތުން އެ އުޅަނދު ކާށިދޫއަށް ލެފި ވަގުތު އެމީހާ ގޮސް އެތަކެއްޗާ ހަވާލުވި ކަމަށެވެ.
އެވަގުތު އެމީހާ ހައްޔަރުކުރަން އުޅުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެ 40 ރަބަރު ޕެކެޓު އޭނާ މޫދަށް އުކާލި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.