ޕްރެޒިޑެންޓް ކަޕްގައި ވާދަކުރުމަށް މާޒިޔާއާއި ވެލެންސިއާ އައްޑުއަށް ފުރިއިރު ޓީސީ ސްޕޯޓްސްކުލަބް ކުޅުދުފުއްޓަށް ފުރައިފިއެވެ.

ޓީސީ ކުޅުދުފުއްޓަށް ފުރާފައިވަނި ރޭގެ އިރާކޮޅު ވަގުތެއްގައެވެ.

މާޒިޔާއާއި ވެލެންސިއާ އައްޑުއަށް ފުރާފައިވަނީ ރޭގެ ފަތިހުއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް މާދަމާ ކުޅުދުފުއްޓަށް ފުރާއިރު ރަނަރަފް އީގަލްސްވެސް މާދަމާ އައްޑޫ ސިޓީއަށް ފުރާގޮތަށް ވަނީ ހަމޖެހިފައެވެ.

ކުޅުދުއްފުށީގައި ކުޅޭ ގުރޫޕް އޭ ގައި ހިމެނެނީ ނިއުއާ ޓީސީގެ އިތުރުން ބީޖީ ސްޕޯޓްސް އާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

މާޒިޔާ އައްޑޫ ސިޓީއަށް ފުރުމުގެ ކުރިން އެއާޕޯޓްގައި --- ފޮޓޯ/ މާޒިޔާ

ގުރޫޕް ބީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ގުރޫޕްގައި އީގަލްސްއާ މާޒިޔާ އަދި ވެލެންސިއާގެ އިތުރުން ދެން ހިމެނެނީ މުބާރާތް 20 ފަހަރު ކާމިޔާބު ކޮށްފައިވާ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.

އައްޑޫސީޓީގައި ކުޅޭ މެޗުތައް ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު ކުޅުދުއްފުށީގެ މެޗްތައް ކުޅޭން ހަމަޖެހިފައި ވަނީ އެ ރަށުގައި ހުންނަ ޒޯން ސްޓޭޑިއަމްގަ އެވެ.

މިފަހަރުގެ މުބާރާތުގައި ޓީމްތަކުގެ ދަތުރު ޚަރަދާއި ހުރުމާއި ކެއުމަށް އެފްއޭއެމްއިން ވަނީ ކުލަބުތަކަށް ފައިސާ ދޫކޮށްފައެވެ. އެގޮތުން އެފްއޭއެމްއިން ވަނީ ކޮންމެ ކުލަބަކަށް 70000 ރުފިޔާ ދޫކޮށްފައެވެ.