12 Sep 2015, 10:26
ޖަޕާނަށް 5.4 މެގްނެޓިއުޑްގެ ބާރު މިނުގެ ބިން ހެލުމެއް މިއަދު އަތުވެއްޖެ އެވެ.
ޓޯކިޔޯގެ އިރު ދެކުނުން 20 މޭލު އަދި 29.3 މޭލުގެ އަޑިން އައި އެ ބިންހެލުން އައީ ޖަޕާނު ގަނޑިން މިއަދު ހެނދުނު 5:49 ގަ އެވެ.
އެސޯސިއޭޓް ޕްރެސް އިން ބުނީ އެ ބިން ހެލުމުގައި އެއްވެސް ތަނަކަށް ގެއްލުވިކަން ނޭނގޭ ކަމަށެވެ. އަދި ސުނާމީއެއްގެ އިންޒާރު ވެސް ދީފައި ނުވާ ކަމަށެވެ.
ޖަޕާނަށް ބިންހެލުމެއް މި އައީ ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތައް ފެނު އަޑިއަށްގޮސް، އަދި ގަދަ ވަޔާއި ވިއްސާރައިގެ ގެއްލުން އެތައް ބަޔަކަށް ފޯރާފައިވާ ދަނޑިވަޅެއްގަ އެވެ.