BREAKING: Haramfulhu the're ah crane eh vetti, maruvi meehun ge adhadhu 65 ah araifi
BREAKING: Haramfulhu the're ah crane eh vetti, maruvi meehun ge adhadhu 65 ah araifi

Last Updated:
1 decade 2 month ago

ހަރަމްފުޅުގެ ތެރެއަށް ކެރޭން ވެއްޓުނު ހާދިސާގައި ދިވެހި އެއްވެސް ހައްޖުވެރިއަކަށް އަނިޔާނުވާކަން ކަށަވަރުވެއްޖެ

  • 154 މީހަކު ވަނީ ޒަހަމުވެފައި
ބުލޮގު ޚުލާސާ

މައްކާއަށް ކުރަމުންދާ ވިއްސާރައިގައި ހަރަމްފުޅު ތެރެއަށް މިއަދު ކެރޭނެއް ވެއްޓި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

BREAKING: Haramfulhu the're ah crane eh vetti, maruvi meehun ge adhadhu 65 ah araifi
BREAKING: Haramfulhu the're ah crane eh vetti, maruvi meehun ge adhadhu 65 ah araifi

ސައުދީގެ ލޯކަލް މީޑީއާއިން ބުނާ ގޮތުގައި މިއަދު ހަވީރު ހިނގި އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 68 އަށް އަރަ އެވެ. އެ ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު 150 އަށް އަރަ އެވެ. ނަމަވެސް މަރުވި މީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަމެއް ވެސް އަދި ކަށަވަރެއް ނުކުރެވޭ ކަމަށް ސައުދީގެ މީޑިއާތަކުން ބުނެ އެވެ.

މައްކާގައި ހުރި ދިވެހި ހައްޖު މިޝަންގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި ދިވެއްސަކަށް އަނިޔާ ނުވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގިއިރު، ހަރަމްފުޅުގައި ދިވެހިންތަކެއް ތިއްބެވެ.

ހަރަމްފުޅުގައި މިއަދު ހިނގި ހިތާމަވެރި ހާދިސާގެ ތެރެއިން ----

ހަރަމްފުޅުގައި ތިބި ދިވެހިން އެނބުރި ހޮޓަލަށް ނުދިއުމަށް އަންގާފައިވާ ކަމަށްވެ އެވެ. އެގޮތަށް އަންގާފައި ވަނީ ގަދަ ވަޔާއެކު މައްކާގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާތީ އެވެ. އަދި މޫސުން ރަނގަޅުވަންދެން ހަރަމްފުޅުގައި ތިބުމަށް ދިވެހިންނަށް ވަނީ އަންގާފަ އެވެ.

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާއިރު، ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާލިބިފަ އެވެ.

ހަރަމްފުޅު ބޮޑުކުރުމަށް ސައުދީ ސަރުކާރުން ފަށާފައިވާ މަސައްކަތުގައި ބައެއް ތަންތަން މަރާމާރު ކުރުމަށް ގިނަ އަދަދެއްގެ ކެރޭނުތަކެއް ހަރަމްފުޅު ސަރަހައްދުގައި ވަނީ ބަހައްޓާފަ އެވެ. މިއަދު ހަވީރު މައްކާއަށް ކުރި ވިއްސާރައިގައި ވެއްޓުނު ކެރޭނަކީ އެފަދަ ކެރޭނެކެވެ.

ހަރަމްފުޅުގައި މިއަދު ހިނގި ހިތާމަވެރި ހާދިސާގެ ތެރެއިން ----

01:21

ހަރަމްފުޅުގައި ހިނގި ހިތާމަވެރި ހާދިސާގައި ރާއްޖޭގެ އެއްވެސް ގްރޫޕެއްގެ އެއްވެސް ހައްޖުވެރިއަކަށް އަނިޔާއެއް ލިބިފައިނުވާކަން މައްކާގައި ހުންނަ ރާއްޖޭގެ ހައްޖު މިޝަނުން ސަން އަށް ކަށަވަރުކޮށްދީފި

00:42

ހަރަމްފުޅުގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީއަށް ގުޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް ވަނީ ޚާއްސަ ހޮޓްލައިނެއް ގާއިމްކޮށްފަ. ހޮޓްލައިން ނަންބަރަކީ 7983400

00:34އަހްމަދު އާޒިފް

ސިސިލްފަރު ގްރޫޕާއި ޒައީމާ ހައްޖު ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެ ގްރޫޕްގެ ހަވާލުގައި ހައްޖަށްދިޔަ އެންމެން ވެސް ހެޔޮހާލުގައި ތިބިކަން މައްކާގައި ހުންނަ ދިވެހި ހައްޖު މިޝަނުން ކަށަވަރުކޮށްދީފި

00:01

ހަރަމްފުޅު ތެރެއަށް ކެރޭނު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އަދަދު 87 އަށް އަރައިފި

23:58

މިރޭ 12:00 އިން ފެށިގެން މެންދަމު 3:00 އަށް އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ސައުދީ އަރަބިއާ އަށް ހިލޭ ގުޅޭނެ ގޮތް ހަމަޖައްސައިފި

23:39

މި ހާދިސާގައި އިންޑިއާގެ 9 މީހަކު ޒަޚަމްވެފައިވާ ކަމަށް ސީއެންއެން އިން ބުނެފި

23:18އަހުމަދު ޒާހިރު (ހިރިގާ)

ބީބީސީ އިން ދެންމެ ބުނީ، ކްރޭން ވެއްޓި ހިނގި ހާދިސާގައި މިހާތަނަށް 65 މީހަކު މަރުވެ، ޒަހަމުވި މީހުންގެ އަދަދު 180 އަރާފައިވާ ކަމަށް. ބީބީސީ އިން ބުނީ ކްރޭން ވެއްޓެން ދިމާވީ ކީއްވެގެންކަން އަދި ނޭނގޭ ކަމަށް. ނަމަވެސް ބައެއް ރިޕޯޓްތަކާ ހަވަލާދީ ބުނީ، ވައިގަދަވެ، ވިއްސާރަވުމަކީ ކްރޭން ވެއްޓެން ދިމާވި ސަބަބުކަމަށް ވެދާނެ ކަމަށް. ކްރޭން ވެއްޓުނީ މިސްކިތުގެ ފުރާޅުމައްޗަށް. މިދިޔަ ހަފުތާގައި ސައުދީ އެރެބިޔާ އަށް ވަނީ ވެލީގެ ތޫފާނެއް އަރާފައި.

އަހްމަދު އާޒިފް

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާރިގިރު ސަން އަށް ވިދާޅުވީ ކެރޭނު ވެއްޓިފަައި ވަނީ އާންމުކޮށް ދިވެހީން ގޮސް އުޅޭ ސަރަހައްދަކަށް ނޫން ކަމަށެވެ. އަދި މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެއްވެސް ދިވެއްސަކު މަރުވި ކަމެއް ނުވަތަ ޒަޚަމްވިކަމެއް ނޭނގޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ހިތާމަވެރި ހާދިސާ ހިނގީ އާންމުކޮށް ދިވެހީން ގޮސްއުޅޭ ސަރަހައްދެއްގައެއް ނޫން. އެހެންނަމަވަމެސް އެ ސަރަހައްދަށް ދިވެއްސަކު ދިޔަކަމެއް ނުދާކަމެއް ކަނޑައެޅިގެން ދަންނަވާކަށެއް ނޭނގެ. ހާދިސާ ހިނގިއިރު ދިވެހި ހައްޖާޖީން ހަރަމްފުޅުގެ ތެރޭގައި ތިބި. ދިވެހި ހައްޖާޖީންނަށް ކެރޭނު ވެއްޓުނު މަންޒަރު ފެނުނު ކަމަށް ވަނީ

ހަރަމްފުޅުތެރެއަށް ވެއްޓުނު ކެރޭން: ހާދިސާގައި މަރުވި މީހުންގެ އަދަދު 65އަށް އަރާ
23:01އަހުމަދު ޒާހިރު (ހިރިގާ)

މައްކާގައި ހުންނެވި ދިވެހި ހައްޖު މިޝަންގެ ރައީސް އަލީ ޝަރީފު ދެންމެ ސަން ފޯނުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެއްވެސް ދިވެއްސަކަށް އަނިޔާވިކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށް. އޭނާ ވިދާޅުވީ ހުރިހާ ގްރޫޕްތަކާ އެކު ކޯޑިނޭޓް ކުރައްވަމުން އަންނަ ކަމަށް. އަދި ވިދާޅުވީ އަދި ކިރިޔާ މިރޭގެ އިޝާނަމާދު ނިމުނީ ކަމަށާއި ބައެއް މީހުން އަދި އެނބުރި ގްރޫޕަށް ނާންނަ ކަމަށް. ބައެއް ގްރޫޕުތަކުން 20 ނޫނީ 30 ވަރަކަށް މީހުން އަދި ހޮޓަލަށް ނާންނަ ކަމަށް ވެސް ވިދާޅުވި. އޭނާ ވިދާޅުވީ މުޅި ތަފްސީލު އަދި އެނގޭނީ މިރޭގެ ތަންކޮޅެއް ފަހުގެ ވަގުތެއްގައި ކަމަށް.

ކްރޭން އިމާރާތުގެ ތެރެއަށް ވެއްޓިފައި --