ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވައިލައިގެން ބާއްވާ ތިން ވަނަ މެރީ ބްރައުން ޗެމްޕިއަންޝިޕް ފަށައިފިއެވެ.

ކުޅިވަރު އެކުވެނީގައި ހުންނަ ގައުމީ ޓެނިސް ސެންޓަރުގައި ގައި ކުރިއަށްދާ މުބާރާތް ފައްޓަވައިދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިތީގެ އޮނަރަރަރީ ޕްރެޒިޑެންޓް އިބްރާހިމް އިސްމާޢީލްއެވެ.

ތިން ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ކުޅުންތެރިންނާ އޮލިމްޕިކް ކޮމިޓީގެ އޮނަރަރަރީ ޕްރެޒިޑެންޓް އިބްރާހިމް އިސްމައީލް ސަލާން ކުރައްވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ހަ އުމުރުފުރަަކަށް ބަހަލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ކޮންމެ އުމުރުފުރައކުންވެސް އަންހެން ފިރިހެން އުމުރުފުރާ ތަކުގައިވެސް ސިންގަލްސް އާއި ޑަބަލްސް އިވެންޓްސް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ތިން ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްގައި މެޗެއްގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 19 ވަނަ ދުވަހުގެ ނިޔަލަށެވެ.