އިންޓަނޭޝަނަލް ޕްރޮސިކިއުޓާސް އެސޯސިއޭޝަން (އައިޕީއޭ)ގެ 20 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ސްވިޒަލޭންޑުގެ ޒިއުރިކަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

އެ ދަތުރުފުޅުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަހުމޫދު ސަލީމާއި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ޖިހާދާ އަނީސްގެ އިތުރުން ޕީޖީ އޮފީހުގެ ލީގަލް އެފެއާޒް ޑިރެކްޓަރު މުހައްމަދު އިޔާސް ބައިވެރިވެވަޑައިގަތެވެ.

އައުޕީއޭގެ އަހަރީ ޖަލްސާ އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް ޒިޔުރިކްގައެވެ.

އަހަރީ ޖަލްސާގައި އައިޕީއޭ މެމްބަރު ގައުމުތަކުގެ އިތުރުން ދުނިޔޭގެ 500 އަށް ވުރެ ގިނަ ގައުމިތަކުން ޕްރޮސިކިއުޓަރުން ބައިވެރިވާނެ އެވެ.

އައިޕީއޭގެ މެމްބަރަކަށް ރާއްޖެވެފައި ވަނީ 2009 ވަނަ އަހަރުއެވެ.