ވަގަށް ނަގާފައި ހުރި ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ ސައިކަލުތަކަކާ އެކު، މާލެ އިން ތިން މީހަކު ރޭ ދަންވަރު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހެންވޭރު "ރެޑްލައިން" ބަލައި ފާސްކުރުމުގެ ތެރޭގައި ވަގަށް ނަގާފައި ހުރި ކަމަށް ބެލެވޭ ސައިކަލްތަކަކާއި ސައިކަލްތަކެއްގެ ބައިތަކެއް ފެނިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ފެނިފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާގެ އޮފިޝަލް ވިދާޅުވީ އެ ތަނުން އެކަކު ހައްޔަރު ކުރީ ސީދާ އެގެ އިން ކަމަށާއި އަނެއް ދެ މީހުން ހައްޔަރު ކުރީ ސައިކަލެއް ވަގަށް ނަގައިގެން އެ ގެއަށް ގެންދަނިކޮށް ކަމަށެވެ.