10 Sep 2015, 15:29
ޔުރޯ 2016 ގެ ކޮލިފައިންގައި ކޮރޭޝިއާ މިފަހުން ހޯދި ދަށް ނަތީޖާ ތަކާ ގުޅިގެން އެޓީމްގެ ކޯޗްކަމުން ނިކޯ ކޮވާކް ވަކިކޮށްފިއެވެ.
ކޮރޭޝިއަން ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ޑަވާ ސްކާ ވިދާޅުވީ އެ އެސޯސިއޭޝަންގެ އެގްޒެކެޓީވް ކޮމެޓީން ނިންމާފައި ވަނީ ކޮވާކްއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ކަމަށެވެ.
ސްކާ ވިދާޅުވީ ފްރާންސްގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔުރޯއިން ޖާގަ ހޯދުމަކީ ކޮރޭޝިއާގެ އަމާޒެއް ކަމަށާއި ނަމަވެސް އެންމެ ފަހުން ކުޅުނު މެޗްގައި ހޯދި ދަށް ނަތީޖަ ތަކުގެ ސަބުން އެކަމަށް ހުރަސްތަކެއް މެދުވެރިވެފައިވާ ކަމަށެވެ.
ސްކާ އެއިޝާރާތް ކުރީ ޔޫރޯ ކޮލިފައިންގެ ގުރޫޕް 'އެޗް' ގެ އެއް ވަނައިގައި އޮތް ކޮރޭޝިއާ އެންމެ ފަހުން ކުޅުނު ދެ މެޗްގެ ތެރެއިން އަޒަރުބައިޖާން އަތުން އެއްވަރުވެ ނޯވޭ އަތުން ބަލިވުމުން ތާވަލްގެ ތިން ވަނައަށް ކޮރޭޝިއާ ވެއްޓުމެވެ.
ނޯވޭއާ އަތުން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ކޮވާކް ބުނެފައިވަނީ ކޮރޭޝިއާގެ ކުޅުންތެރިން އެކުޅުންތެރިންގެ އެންމެ ފުރިހަމަ ކުޅުން ނުދައްކާ ކަމަށެވެ.