10 Sep 2015, 15:34
އިނގިރޭސި ވިލާތުގެ ތާރިހުގައި މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ރަސްކަމުގެ ތަހުތުގައި އިންނެވި ފަރާތަކަށް އެލިޒަބެތު ll ވެވަޑައިގެންފި އެވެ.
އިނގިރޭސި ވިލާތުގެ ވެރިކަމުގައި އެންމެ ގިނަ ދުވަސްވަންދެން ތަހުތުގައި އިންނެވުމުގެ މަގާމު އެކަމަނާ އަށް ލިބިވަޑައިންނެވީ ބްރިޓިޝް ސަމާ ޓައިމް (ބީއެސްޓީ) ގަޑިން 1730 ގަ އެވެ. އެއާ އެކު އެކަމަނާ ވަނީ 23،226 ދުވަހާއި 16 ގަޑިއިރާއި 30 މިނެޓު ވަންދެން ތަހުތުގައި އިންނަވައިފަ އެވެ. އެއީ 63.6 އަހަރެވެ.
މީގެ ކުރިން އިނގިރޭސި ވިލާތުގެ ތަހުތުގައި އެންމެ ގިނަ ދުވަހު އިންނެވުމުގެ މަގާމު ލިބިވަޑައިންފައި ވަނީ އެކަމަނާގެ ހޫރު މާމައެއް ކަމަށްވާ ކުއީން ވިކްޓޯރިއާއަށެވެ.
އިނގިރޭސި ޕްރައިމް މިނިސްޓަރު ޑޭވިޑް ކެމެރަން ވިދާޅުވީ ވޭތުވެ ދިޔަ ގިނަ ދުވަސްތަކެއްގައި ކްއީން އެލިޒަބަތު އިނގިރޭސި ވިލާތަށް ދެއްވި ހިދުމަތްތަކަކީ ވަރަށް ވެސް އަގުބޮޑު ގުރުބާނީއެއް ކަމަށާއި އެކަމަކީ ބުރަ މަސައްކަތެއް ކަމަށެވެ.
މީގެ ކުރިން ރަސްކަމުގެ ތަހުތުގައި އެންމެ ގިނަ ދުވަހު އިންނެވި ވިކްޓޯރިއާ އިނގިރޭސި ތަހުހަތަށް އަރާވަޑައިގަތީ އެކަމަނާގެ އުމުރުފުޅުން 18 އަހަރުގަ އެވެ. ނަމަވެސް އެލިޒަބެތު ތަހުތަށް އަރާވަޑައިގަތީ އުމުރުފުޅުން 25 އަހަރުގަ އެވެ.