10 Sep 2015, 13:16
ހައްޖު ފާހާ ނުލައި ގަވާއިދާ ހިލާފަށް މައްކާ އަށް ވަންނަން އުޅުނު ސައުދީއެރެބިޔާގެ 160،000 މީހަކު އަނބުރާ ފޮނުވާލާފައިވާ ކަމަށް މައްކާގެ އަމީރު ހާލިދު އަލް ފައިސަލް ވިދާޅުވެއްޖެ އެވެ.
ސެންޓްރަލް ހައްޖު ކޮމިޓީގެ ޗެއާމަންގެ ގޮތުގައި ހުންނަވާ ހާލިދު ވަނީ ހައްޖަށް މީހުން އަންނަ ސަރަހައްދު ބައްލަވާލައްވާފައި ކަމަށް ސައުދީ ގެޒެޓް އިން ވަނީ ބުނެފަ އެވެ.
ހާލިދު ވިދާޅުވީ ކަމާ ބެހޭ ފަރާތުން އެހާ ގިނަ އަދަދަކަށް މީހުން ހުއްޓުވާފައި ވަނީ ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަނުކޮށް މައްކާއަށް ވަންނަން އުޅުމުން ކަމަށާއި އެފަދަ ކަމަކަށް ހުއްދައެއް ނުދެވޭނެ ކަމަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1.3 މީހުން ގައުމުން ބޭރުން އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސައުދީ ގެޒެޓް އިން ވަނީ ބުނެފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހާ ހަމައަށް 736،649 މީހުން މައްކާ އާއި މަދީނާ އަށް ގޮސްފައިވާ ކަމަށް ވެސް ސައުދީ ގެޒެޓްގައި ބުނެފައިވެ އެވެ.
ސައުދި އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުން 830 ފީލްޑް މެޑިކަލް ސްޓާފުން ހައްޖުގެ އަޅުކަންތައް ކުރިއަށްދާއިރު ހަރަކާތްތެރި ވުމަށް ފޮނުވާނެ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އެމާޖެންސީ ހިދުމަތްތައްތައް ފޯރުކޮށްދިނުމަށް 100 އެމްބިއުލެންސް ހަރަކާތްތެރިވާނެ އެވެ.