10 Sep 2015, 12:54
ރާއްޖެ އިން ހައްޖަށް ގޮސްތިބި ހައްޖާޖީންނަށް ގުޅާލުމަށް ހާއްސަ އައިޑީޑީ ރޭޓެއް އުރީދޫ އިން މިއަދު ތައާރަފުކޮށްފި އެވެ.
އުރީދޫ އިން ބުނީ އެ ޕްރޮމޯޝަނަކީ އެ ކުންފުނިން ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފަސޭހަތަކެއް ގެނައުމަށް ހުއްޓުމެއް ނެތި ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ބަރަކާތްތެރި ހައްޖު މޫސުމުގައި ހައްޖާޖީންނާއި އެބޭފުޅުންގެ އާއިލާތަކަށް އެހީތެރިވުމަށް ތައާރަފުކުރި އައިޑީޑީ ރޭޓެއް ކަމަށެވެ.
އެގޮތުން އުރީދޫ ކަސްޓަމަރުންނަށް އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ވަގުތެއްގައި ވެސް އެ ހާއްސަ އައިޑީޑީ އޮފާ މެދުވެރިކޮށް މިނިޓަކު 1.88 ރުފިޔާ އަށް މައްކާގައިވާ ހައްޖުވެރިންނަށް ގުޅާލުމުގެ ފުރިސަތު ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
އެ ހާއްސަ އޮފާ ބޭނުން ކުރުމަށް 011 ޖެހުމަށް ފަހު + ފާހަގަ ޖަހާފައި 966 ޖެހުމަށް ފަހު އަނެއްކާ ވެސް + ޖަހާށެވެ. އެއަށް ފަހު ގުޅާލަން ބޭނުންވާ ނަންބަރު ޖަހާފައި ގުޅާށެވެ. މިތަނުގައި 011 އަކީ އައިޑީޑީ އޮފާއަށް އުރީދޫ އިން ދީފައި އިންނަ ކޯޑެވެ. އަދި 966 އަކީ ކަންޓްރީ ކޯޑެވެ. ކަންޓްރީ ކޯޑަށްފަހު + ފާހަގަ ޖަހާފައި ދެން ޖަހާނީ ގުޅާލަން ބޭނުންވާ މީހާގެ ނަންބަރެވެ.

ސައުދީ އަރަބިއްޔާ އަށް ގުޅާލުމަށް ނަންބަރު ޖަހަންޖެހޭ ގޮތް: 0000 ގެ ބަދަލަށް ޖަހާނީ ގުޅާލަން ބޭނުން ނަންބަރު
އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެ އޮފާގައި ބައިވެރިވެވޭނެ އެވެ.