10 Sep 2015, 11:37
ބޮލީވްޑްގެ ފިލްމީ ތަރި ސިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދާރުގެ އުފަންދުވަސް ދެމަފިރިން ވެގެން ރާއްޖޭގައި ފާހަގަކޮށްފި އެވެ.
ސިލްޕާ ޝެޓީގެ ފިރިމީހާގެ އުފަން ދުވަސް އިއްޔެ ރާއްޖޭގައި ފާހަގަކޮށް އޭނާ ވަނީ ފޮޓޯތައް އިންސްޓަގްރާމްކޮށްފަ އެވެ. ނަމަވެސް ރާޖު ކުންދާރުގެ އުފަން ދުވަސް ފާހަގަ ކުރީ ކޮން ރިސޯޓެއްގައި ކަމެއް ނުބުނެ އެވެ.
ސިލްޕާ ޝެޓީ ފޮޓޯ ކެޕްޝަންތަކުގައި ބުނެފައި ވަނީ "މަގޭ ހީރޯ، މަގޭ ލޯބި، ރާޖުކުންދާރަށް، އުފާވެރި އުފަންދުވަހަކަށް އެދޭ ކަމަށެވެ. ކުންދާރު ވަނީ ސަޕްރައިޒުކޮށް އޭނާގެ އުފަންދުވަސް ފާހަގަކޮށްދިނީތީ، ޓުވީޓާ އިން ސިލްޕާ އަށް ޝުކުރު އަދާކޮށް ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި ބުނީ އެއީ މިހާތަނަށް ފާހަގަ ކުރި އޭނާގެ އެންމެ އުފާވެރި އުފަން ދުވަސް ކަމަށެވެ.
އަދި ވަނީ އެ ދެމަފިރިންގެ ފިރިހެން ދަރިފުޅާ އެކު ޕެރަސެއިލިން އަށް ދިޔަ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.